Monday, November 16, 2015

Educational Technology Development

އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުން އައިގޮތް އަދި ހިސްޓްރީ



އެޑިއުކޭޝަނަލް ޓެކްނޮލޮޖީ މާނަކުރެވެނީ އުގަންނައިދިނުމުގަޔާއި ދަސްކުރުމުގައި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމަށެވެމީގެތެރޭގައި އެކިވައްތަރުގެ މީޑިއާ، މެޝިންތައް އަދި ނެޓްވާކިން ސާމާނު ބޭނުންކުރުމާއި އަދި އެފަދަ ސާމާނު ބޭނުންކުރުމުގެ ތިއަރީތައް ވެސް ހިމެނެއެވެ.

އިލެކްޓްރޯނިކް ވަޞީލަތްތައް އެޑިއުކޭޝަނަލް ޓެކްނޮލޮޖީގައި ބޭނުންކުރުން ނުވަތަ އީ-ލާނިންގއަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ދަސްކުރުމުގެ އެއް ވަޞީލަތެވެ.

އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތެރޭގައި ލިޔުން، އޯޑިއޯ، ފޮޓޯއާއި ތަސްވީރު އަދި ސްޓްރީމިން ވީޑިއޯ ފޯރުކޮށްދޭ ތަފާތު ވަޞީލަތްތައް ހިމެނެއެވެއޯޑިއޯ ޓޭޕް، ވީޑިއޯ ޓޭޕް، ސީޑީ-ރޮމް، ކޮމްޕިއުޓަރ ބޭނުންކޮށްގެން އުގެނުން، ވަކި ނެޓްވާކެއްގެ އެހީގައި އުގެނުން އަދި އިންޓަރނެޓުން އުގެނުން ވެސް ހިމެނިގެންދަނީ އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތެރޭގައެވެ.


އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކްލާސްރޫމެއްގެ ތެރޭގައި ނުވަތަ ކްލާހުން ބޭރުގައި ދަސްކުރެވިދާނެއެވެއަމިއްލައަށް ކަނޑައަޅާ ވަގުތުތަކެއްގައި ނުވަތަ މުދައްރިސެއްގެ އިރުޝާދާއި އެކުގައި މުދައްރިސް ކަނޑައަޅާ ވަގުތުތަކެއްގައި ވެސް ދަސްކުރެވިދާނެއެވެދުރުތަނެއްގައި ހުރެގެން ކިޔެވުމަށް ނުވަތަ ސީދާ މުދައްރިސާއި ބައްދަލުވާފަދަ ތަނެއްގައި ހުރެގެން ކިޔެވުމަށްވެސް އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެދަރިވަރުންނާއި އަދި ކިޔަވައިދޭފަރާތްތަކުން ގޭގައި، ސްކޫލްގައި، ވިޔަފާރީގެ މާޙައުލުގައި އަދި އެހެނިހެން ތަންތަނުގައިވެސް އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ބޭނުންކުރެއެވެ. އިންސާނުންނަށް އަވަހަށް، ފަސޭހައިން އަދި އަގުހެޔޮކޮށް ދަސްކުރެވޭނެ ވަޞީލަތްތައް ވަރަށް އިހު ޒަމާނުއްސުރެ އުފައްދަން ފެށިއެވެއޭގެތެރޭގައި ހޮހަޅަތަކުގެ ފާރުގައި ހުރި ކުރެހުންތައް ވެސް ހިމެނެއެވެއަކުރު އުގަންނައިދިނުމަށާއި ލިޔުމަށް ގެންގުޅޭ ފިލަޔާއި ބްލެކްބޯޑުފަދަ ތަކެތި އިންސާނުން ގެންގުޅޭތާ އެއްހާސް އަހަރު ވެއްޖެއެވެފޮތްތައް ތަޢާރަފުކުރެވުނީއްސުރެ އެއީ ތަޢުލީމުދިނުމުގައި ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ވަޞީލަތަށް ވެގެންދިޔައެވެ.

ވިހިވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން، މިމިއޯގްރާފް ފަދަ ނަކަލުކުރާ މެޝިންތަކާއި އަދި ގެސްޓެޓްނަރ ފަދަ ސްޓެންސިލް ބޭނުންކުރާ މެޝިންތައް ބޭނުންކޮށްގެން ޗާޕުކުރެވިގެން ފިލާވަޅުތައް ކްލާސްތަކުގައި ބޭނުންކުރެވެން ފެށުނެވެއުގަންނައިދިނުމަށްޓަކައި ފިލްމު ބޭނުންކުރެވެން ފެށުނީވެސް ވިހިވަނަ ޤަރުނުގެ ކުރީކޮޅުގައެވެ.


         
ކްލާހެއްގައި ކިޔަވާދިނުމަށްޓަކައި ފިލްމު ބޭނުންކުރަނީ

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސިފައިން ތަމްރީނުކުރުމަށްޓަކައި ފިލްމާއި އޯވަރހެޑް ޕްރޮޖެކްޓަރފަދަ ތަކެތި ބޭނުންކުރަން ފެށުނެވެ.އުގަންނައިދޭ މަރުކަޒުތަކުގައި ސްލައިޑް ޕްރޮޖެކްޓަރ ބޭނުންކުރުން 1950 ގެ އަހަރުތަކުގައި ޢާންމުވެގެން ދިޔައެވެކޮމްޕިއުޓަރ ޓަރމިނަލްތަކެއް ކްލާހެއްގައި ފުރަތަމަ ބޭނުންކުރަން ފެށުނީ 1960 ވަނަ އަހަރު އެމެރިކާގެ ޔުނިވަރސިޓީ އޮފް އިލިނޮއާގައެވެއެކްލާހުގައި ތިބެގެން ދަރިވަރުން ޓީވީ ނުވަތަ އެފަދަ އެހެން ވަޞީލަތްތަކެއް ބޭނުންކޮށްގެން ފިލާވަޅުތައް އަޑުއަހަމުންދިޔައިރު ކޮމްޕިއުޓަރގެ އެހީގައި އިތުރު މަޢުލޫމާތު ހޯދަމުން ދިޔައެވެ.

1960 ގެ އަހަރުތަކުގެ މެދުތެރޭގައި، ޔުނިވަރސިޓީ އޮފް ސްޓޭމްފަޑްގެ ސައިކޮލޮޖީ ކިޔަވާދޭ ދެ ޕްރޮފެސަރަކު ޕްރައިމަރީ ތަޢުލީމު އުގެނެމުންދިޔަ ދަރިވަރުންތަކަކަށް ހިސާބު ޢިލްމާއި ސްޕެލިން ދަސްކޮށްދިނުމަށްޓަކައި ކޮމްޕިއުޓަރ ބޭނުންކުރިއެވެކޮމިއުނިޓީ ކޮލެޖެއްގައި އިރުޝާދު ދިނުމަށްޓަކައި ކޮމްޕިއުޓަރެއް ފުރަތަމަ ބެހެއްޓީ 1963 ވަނަ އަހަރުގައި ބަރނާޑް ލުސްކިންއެވެކޮމްޕިއުޓަރގެ އެހީގައި އިރުޝާދުދިނުން ތަރައްޤީކުރުމުގައި ލުސްކިންގެ ދައުރު ވަރަށް ބޮޑެވެ.

   
 އުގެނުމަށްޓަކައި ޓީވީ ބޭނުންކުރުން

1971 ވަނަ އަހަރު އިވާން އިލިޗް ޝާއިޢުކުރި "ޑީސްކޫލިން ސޮސައެޓީކިޔާ ފޮތެއްގައި، މީހުން ދަސްކުރަން ބޭނުންވާ ކަންތައްތައް ވިއުގަތަކެއްގެ އެހީގައި ދަސްކުރެވިދާނެކަމުގެ ތަޞައްވުރެއް ގެނެސްދިނެވެ1970 ގެ އަހަރުތަކުގަޔާއި 1980 ގެ އަހަރުތަކުގައި، ނިއު ޖަރޒީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި އަދި ކެނެޑާގެ ޔުނިވަރސިޓީ އޮފް ގުއެލްފްގައި އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އިތުރަށް ތަރައްޤީވެގެން ދިޔައެވެ.

1976 ވަނަ އަހަރު ބަރނާޑް ލުސްކިން 'ފާރު ނެތް ކޮލެޖެއް"ގެ ގޮތުގައި ކޯސްޓްލައިން ކޮމިއުނިޓީ ކޮލެޖް އުފެއްދިއެވެއެއީ ޓީވީ ސްޓޭޝަނަކާއި ގުޅިގެންނެވެއިގިރޭސިވިލާތުގައި ކައުންސިލް ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ފަރާތުންވެސް 1970 ގެ އަހަރުތަކުގަޔާއި1980 ގެ އަހަރުތަކުގައި އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގިއެވެ.
ކޮމްޕިއުޓަރ ވިއުގަ މެދުވެރިކޮށް ކިޔަވާދިނުން ޢާންމުވެގެން ދިޔައީ 1980 ގެ އަހަރުތަކުގެ މެދުތެރޭގައެވެދުރުގައި ތިބެގެން ދަސްކުރެވޭ ކޯސްތައް ތަޢުލީމުދޭ މަރުކަޒުތަކުން ކޮމްޕިއުޓަރ ވިއުގަ މެދުވެރިކޮށް ފޯރުކޮށްދޭން ފެށިއެވެއީ-ލާނިން ފުރަތަމަ ބޭނުންކުރެވެން ފެށުނީ ހަމައެކަނި ޢިލްމު އެހެން މީހަކަށް ފޯރުކޮށްދޭ ވަޞީލަތެއްގެ ގޮތުގައެވެޢިލްމާއި މަޢުލޫމާތު އެކަކު އަނެކަކާއި ޙިއްޞާކޮށް ޓީމެއްގެ ގޮތުގައި ގުޅިގެން އުގެނުމަށްޓަކައި އީ-ލާނިން ބޭނުންކުރެވެން ފެށީ މާފަހުންނެވެ.

މިޒަމާނުގައި މިހާރު ބޭނުންކުރެވޭ އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ޅަފަތުގެ ދައުރުގެ ވަޞީލަތެއްކަމުގައި ވީޑިއޯކޮންފަރެންސިން ހިމެނުނެވެ.އިންޓަރނެޓް ބޭނުންކޮށްގެން ކިޔަވާދިނުން ޢާންމުކުރި ތަންތަނުގެތެރޭ އިގިރޭސިވިލާތުގެ ދި އޯޕަން ޔުނިވާސިޓީއާއި ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ ހިމެނެއެވެ.
ވޯރލްޑް ވައިޑް ވެބް ރަސްމީ ގޮތެއްގައި ހުޅުވާލާފައިމިވަނީ 1991 ގައެވެ. މިގޮތުން ފުރުތަމަ ވެބް ބްރޮއުސަރ، 'މޮޒައިކް' ވުޖޫދަށް އައީ 1993ގަ އެވެ. ވެބް ދުނިޔެއަށް އައުމުގެ ކުރިން، ލިޔެކިޔުމެއް ލޯޑުކޮށްލާ ނުވަތަ އިންޓަނެޓުން އެއްޗެއް ހޯދުމަކީ ވަރަށް ވަގުތު ހޭދަވާ ދިގު މަސައްކަތެކެވެ.1993ގެ ފަހުން އިންޓަނެޓުން އެއްޗެހި ހޯދަން ފަސޭހައަކަށް ޓަކައި ވަނީ ސާރޗް އިންޖީނުތަށް ހަދާފައެވެ. އެ ގޮތުން 1999ގައި ހެދުނު ގޫގުލް އަކީ މިއަދު އެންމެ ކުރިއަރައިފައިވާ އެއްމެ މައި އެއް ސާރޗް އިންޖީނެވެ.

ހަމައެކަނި އޮންލައިންކޮށް ކިޔަވާދޭ ހައިސްކޫލް އުފެދުނީ 1994 ވަނަ އަހަރުގައެވެއިންޓަރނެޓް ތަރައްޤީވެގެން ދިޔަ މިންވަރަކަށް އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ވެސް ދިޔައީ ކުރިއަރަމުންނެވެމިގޮތުން މަލްޓިމީޑިއާ އަދި ވެބްކެމް ބޭނުންކޮށްގެން އުގެނުން އިތުރުވެގެންދިޔައެވެ.އަދި ބްލޮގް، ވިކިސް، ޔޫޓިއުބް، ވީޑިއޯ، ޓެބްލެޓް ފަދަ މީޑިއާގެ ވަޞީލަތްތައް ވެސް ކިޔަވައިދިނުމުގައި ބޭނުން ކުރެވެއެ. ފުރަތަމަ ބްލޮގް "ލިންކްސްނެޓް" 1994ގައި އުފެއްދީ Swarthmore ކޮލެޖްގެ ދަރިވަރެއްކަމުގައިވާ ޖަސްޓިންހެލްވެއިލް އެވެ.

ލިޔުންތެރިޔާ: މުޙައްމަދު އަޙުމަދު


13 comments:

  1. އާރޓިކަލު ގައި އެދިއުކޭޝަނަލް ޓެކްނޮލެޖީ ތަރައްޤީވަމުން އައި ގޮ ތަފުޞީކޮށްދީފައވެ

    ReplyDelete
  2. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  3. ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާ ފުރިހަމަ ލިޔުމެއް

    ReplyDelete
  4. ވަރަށް ޢިލްމީ މަޢުލޫމާތު އެކުލެވިފައިވާ ލިޔމެއް. ފޮޅުވަތް ދުރުކޮށްލިނަމަ ވަރަށް ކިޔަން ފަސޭހަ ވީސް

    ReplyDelete
  5. އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚަށް، ޚާއްޞަކޮށް އަލައް އުފެދުނު ޓެކްނޮލޮޖީގެ ތާރީހަށް ވަރަށް ރަނގަޅަށް އަލިއަޅުވާލާފައި ވާކަން ފާހަގަކުރެވޭ. އަދި ކުރީގެ ތާރީޚަށްވެސް ބޮޑަށް އަލިއަޅުވާލިނަމަ އަދި ވަރަށް ދުރިހަމަ ލިއުމަކަށް ވާނެ.

    ReplyDelete
  6. ފެޝިގެން އައިގޮތާ ހަމައިން ތާރީޙް ރަތާ އެކު ވަރަހ ތަފްޞީލީ ގޮތަކަށް ގެންނަވާފައި ވާކަން ފާހަގަކުރަމެވެ ނަމަވެސް އެންމި ފަހުގެ (މިއަދުގެ ) 2000 ވަނަ އަހަރުގެ އެއްވެސް ވާހަކައެއް ހިމަނާލެވިފަ ނުވާކަން ދެރައެވެ

    ReplyDelete
  7. ވަރަށްގިނަ ތާރީޚްތަކެއް ދިރާސާކޮށް ގެން އެކުލަވާލާފައިވާ ވަރަށް ރަނގަޅު ލިުމެއް

    ReplyDelete
  8. ވަރަށްގިނަ ތާރީޚްތަކެއް ދިރާސާކޮށް ގެން އެކުލަވާލާފައިވާ ވަރަށް ރަނގަޅު ލިުމެއް

    ReplyDelete
  9. ވަރަށްގިނަ ތާރީޚްތަކެއް ދިރާސާކޮށް ގެން އެކުލަވާލާފައިވާ ވަރަށް ރަނގަޅު ލިޔުމެއް

    ReplyDelete
  10. ވަރަށްގިނަ ތާރީޚްތަކެއް ދިރާސާކޮށް ގެން އެކުލަވާލާފައިވާ ވަރަށް ރަނގަޅު ލިޔުމެއް

    ReplyDelete

  11. ! އެމުނި އެތުރުން ފުރިހަމަކަންވެސް ފާހަގަކުރަން! ތާރީޚީ މަޢުލޫމާތު ތަކެއް ހިމެނޭ ޢިލްމީ ލިޔުމެއް! މިފަދަ ލިޔުންތައް ގިނަގިނައިން ފެންނާނެކަމަށް އުއްމީދުކުރަން

    ReplyDelete
  12. މައުލޫމާތު ފުރިހަމަ ލިޔުމެއް. ފޮންޓް ސައިޒް ތަންކޮޅެއް ކުދި. އެހެން ނޫންނަމަ ވަރަށް ރަނގަޅުވީސް.

    ReplyDelete
  13. ވަރަށް ފުރިހަމައަށް ވިސްނައިގެން އަތުރާލައިފައިވާ ލިޔުމެއް، މިދާޅުވާބޭފުޅުންނަށް ފައިދާކުރުވަނިވި ފުރިހަމަ ލިޔުމެއް

    ReplyDelete