އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުން އައިގޮތް އަދި ހިސްޓްރީ
އެޑިއުކޭޝަނަލް ޓެކްނޮލޮޖީ މާނަކުރެވެނީ އުގަންނައިދިނުމުގަޔާއި ދަސްކުރުމުގައި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމަށެވެ. މީގެތެރޭގައި އެކިވައްތަރުގެ މީޑިއާ، މެޝިންތައް އަދި ނެޓްވާކިން ސާމާނު ބޭނުންކުރުމާއި އަދި އެފަދަ ސާމާނު ބޭނުންކުރުމުގެ ތިއަރީތައް ވެސް ހިމެނެއެވެ.
އިލެކްޓްރޯނިކް ވަޞީލަތްތައް އެޑިއުކޭޝަނަލް ޓެކްނޮލޮޖީގައި ބޭނުންކުރުން ނުވަތަ އީ-ލާނިންގއަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ދަސްކުރުމުގެ އެއް ވަޞީލަތެވެ.
އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތެރޭގައި ލިޔުން، އޯޑިއޯ، ފޮޓޯއާއި ތަސްވީރު އަދި ސްޓްރީމިން ވީޑިއޯ ފޯރުކޮށްދޭ ތަފާތު ވަޞީލަތްތައް ހިމެނެއެވެ. އޯޑިއޯ ޓޭޕް، ވީޑިއޯ ޓޭޕް، ސީޑީ-ރޮމް، ކޮމްޕިއުޓަރ ބޭނުންކޮށްގެން އުގެނުން، ވަކި ނެޓްވާކެއްގެ އެހީގައި އުގެނުން އަދި އިންޓަރނެޓުން އުގެނުން ވެސް ހިމެނިގެންދަނީ އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތެރޭގައެވެ.
އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކްލާސްރޫމެއްގެ ތެރޭގައި ނުވަތަ ކްލާހުން ބޭރުގައި ދަސްކުރެވިދާނެއެވެ. އަމިއްލައަށް ކަނޑައަޅާ ވަގުތުތަކެއްގައި ނުވަތަ މުދައްރިސެއްގެ އިރުޝާދާއި އެކުގައި މުދައްރިސް ކަނޑައަޅާ ވަގުތުތަކެއްގައި ވެސް ދަސްކުރެވިދާނެއެވެ. ދުރުތަނެއްގައި ހުރެގެން ކިޔެވުމަށް ނުވަތަ ސީދާ މުދައްރިސާއި ބައްދަލުވާފަދަ ތަނެއްގައި ހުރެގެން ކިޔެވުމަށްވެސް އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ. ދަރިވަރުންނާއި އަދި ކިޔަވައިދޭފަރާތްތަކުން ގޭގައި، ސްކޫލްގައި، ވިޔަފާރީގެ މާޙައުލުގައި އަދި އެހެނިހެން ތަންތަނުގައިވެސް އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ބޭނުންކުރެއެވެ. އިންސާނުންނަށް އަވަހަށް، ފަސޭހައިން އަދި އަގުހެޔޮކޮށް ދަސްކުރެވޭނެ ވަޞީލަތްތައް ވަރަށް އިހު ޒަމާނުއްސުރެ އުފައްދަން ފެށިއެވެ. އޭގެތެރޭގައި ހޮހަޅަތަކުގެ ފާރުގައި ހުރި ކުރެހުންތައް ވެސް ހިމެނެއެވެ. އަކުރު އުގަންނައިދިނުމަށާއި ލިޔުމަށް ގެންގުޅޭ ފިލަޔާއި ބްލެކްބޯޑުފަދަ ތަކެތި އިންސާނުން ގެންގުޅޭތާ އެއްހާސް އަހަރު ވެއްޖެއެވެ. ފޮތްތައް ތަޢާރަފުކުރެވުނީއްސުރެ އެއީ ތަޢުލީމުދިނުމުގައި ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ވަޞީލަތަށް ވެގެންދިޔައެވެ.
ވިހިވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން، މިމިއޯގްރާފް ފަދަ ނަކަލުކުރާ މެޝިންތަކާއި އަދި ގެސްޓެޓްނަރ ފަދަ ސްޓެންސިލް ބޭނުންކުރާ މެޝިންތައް ބޭނުންކޮށްގެން ޗާޕުކުރެވިގެން ފިލާވަޅުތައް ކްލާސްތަކުގައި ބޭނުންކުރެވެން ފެށުނެވެ. އުގަންނައިދިނުމަށްޓަކައި ފިލްމު ބޭނުންކުރެވެން ފެށުނީވެސް ވިހިވަނަ ޤަރުނުގެ ކުރީކޮޅުގައެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސިފައިން ތަމްރީނުކުރުމަށްޓަކައި ފިލްމާއި އޯވަރހެޑް ޕްރޮޖެކްޓަރފަދަ ތަކެތި ބޭނުންކުރަން ފެށުނެވެ.އުގަންނައިދޭ މަރުކަޒުތަކުގައި ސްލައިޑް ޕްރޮޖެކްޓަރ ބޭނުންކުރުން 1950 ގެ އަހަރުތަކުގައި ޢާންމުވެގެން ދިޔައެވެ. ކޮމްޕިއުޓަރ ޓަރމިނަލްތަކެއް ކްލާހެއްގައި ފުރަތަމަ ބޭނުންކުރަން ފެށުނީ 1960 ވަނަ އަހަރު އެމެރިކާގެ ޔުނިވަރސިޓީ އޮފް އިލިނޮއާގައެވެ. އެކްލާހުގައި ތިބެގެން ދަރިވަރުން ޓީވީ ނުވަތަ އެފަދަ އެހެން ވަޞީލަތްތަކެއް ބޭނުންކޮށްގެން ފިލާވަޅުތައް އަޑުއަހަމުންދިޔައިރު ކޮމްޕިއުޓަރގެ އެހީގައި އިތުރު މަޢުލޫމާތު ހޯދަމުން ދިޔައެވެ.
1960 ގެ އަހަރުތަކުގެ މެދުތެރޭގައި، ޔުނިވަރސިޓީ އޮފް ސްޓޭމްފަޑްގެ ސައިކޮލޮޖީ ކިޔަވާދޭ ދެ ޕްރޮފެސަރަކު ޕްރައިމަރީ ތަޢުލީމު އުގެނެމުންދިޔަ ދަރިވަރުންތަކަކަށް ހިސާބު ޢިލްމާއި ސްޕެލިން ދަސްކޮށްދިނުމަށްޓަކައި ކޮމްޕިއުޓަރ ބޭނުންކުރިއެވެ. ކޮމިއުނިޓީ ކޮލެޖެއްގައި އިރުޝާދު ދިނުމަށްޓަކައި ކޮމްޕިއުޓަރެއް ފުރަތަމަ ބެހެއްޓީ 1963 ވަނަ އަހަރުގައި ބަރނާޑް ލުސްކިންއެވެ. ކޮމްޕިއުޓަރގެ އެހީގައި އިރުޝާދުދިނުން ތަރައްޤީކުރުމުގައި ލުސްކިންގެ ދައުރު ވަރަށް ބޮޑެވެ.
1971 ވަނަ އަހަރު އިވާން އިލިޗް ޝާއިޢުކުރި "ޑީސްކޫލިން ސޮސައެޓީ" ކިޔާ ފޮތެއްގައި، މީހުން ދަސްކުރަން ބޭނުންވާ ކަންތައްތައް ވިއުގަތަކެއްގެ އެހީގައި ދަސްކުރެވިދާނެކަމުގެ ތަޞައްވުރެއް ގެނެސްދިނެވެ. 1970 ގެ އަހަރުތަކުގަޔާއި 1980 ގެ އަހަރުތަކުގައި، ނިއު ޖަރޒީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި އަދި ކެނެޑާގެ ޔުނިވަރސިޓީ އޮފް ގުއެލްފްގައި އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އިތުރަށް ތަރައްޤީވެގެން ދިޔައެވެ.
1976 ވަނަ އަހަރު ބަރނާޑް ލުސްކިން 'ފާރު ނެތް ކޮލެޖެއް"ގެ ގޮތުގައި ކޯސްޓްލައިން ކޮމިއުނިޓީ ކޮލެޖް އުފެއްދިއެވެ. އެއީ ޓީވީ ސްޓޭޝަނަކާއި ގުޅިގެންނެވެ. އިގިރޭސިވިލާތުގައި ކައުންސިލް ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ފަރާތުންވެސް 1970 ގެ އަހަރުތަކުގަޔާއި1980 ގެ އަހަރުތަކުގައި އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ހިންގިއެވެ.
ކޮމްޕިއުޓަރ ވިއުގަ މެދުވެރިކޮށް ކިޔަވާދިނުން ޢާންމުވެގެން ދިޔައީ 1980 ގެ އަހަރުތަކުގެ މެދުތެރޭގައެވެ. ދުރުގައި ތިބެގެން ދަސްކުރެވޭ ކޯސްތައް ތަޢުލީމުދޭ މަރުކަޒުތަކުން ކޮމްޕިއުޓަރ ވިއުގަ މެދުވެރިކޮށް ފޯރުކޮށްދޭން ފެށިއެވެ. އީ-ލާނިން ފުރަތަމަ ބޭނުންކުރެވެން ފެށުނީ ހަމައެކަނި ޢިލްމު އެހެން މީހަކަށް ފޯރުކޮށްދޭ ވަޞީލަތެއްގެ ގޮތުގައެވެ. ޢިލްމާއި މަޢުލޫމާތު އެކަކު އަނެކަކާއި ޙިއްޞާކޮށް ޓީމެއްގެ ގޮތުގައި ގުޅިގެން އުގެނުމަށްޓަކައި އީ-ލާނިން ބޭނުންކުރެވެން ފެށީ މާފަހުންނެވެ.
މިޒަމާނުގައި މިހާރު ބޭނުންކުރެވޭ އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ޅަފަތުގެ ދައުރުގެ ވަޞީލަތެއްކަމުގައި ވީޑިއޯކޮންފަރެންސިން ހިމެނުނެވެ.އިންޓަރނެޓް ބޭނުންކޮށްގެން ކިޔަވާދިނުން ޢާންމުކުރި ތަންތަނުގެތެރޭ އިގިރޭސިވިލާތުގެ ދި އޯޕަން ޔުނިވާސިޓީއާއި ޔުނިވަރސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ ހިމެނެއެވެ.
ވޯރލްޑް ވައިޑް ވެބް ރަސްމީ ގޮތެއްގައި ހުޅުވާލާފައިމިވަނީ 1991 ގައެވެ. މިގޮތުން ފުރުތަމަ ވެބް ބްރޮއުސަރ، 'މޮޒައިކް' ވުޖޫދަށް އައީ 1993ގަ އެވެ. ވެބް ދުނިޔެއަށް އައުމުގެ ކުރިން، ލިޔެކިޔުމެއް ލޯޑުކޮށްލާ ނުވަތަ އިންޓަނެޓުން އެއްޗެއް ހޯދުމަކީ ވަރަށް ވަގުތު ހޭދަވާ ދިގު މަސައްކަތެކެވެ.1993ގެ ފަހުން އިންޓަނެޓުން އެއްޗެހި ހޯދަން ފަސޭހައަކަށް ޓަކައި ވަނީ ސާރޗް އިންޖީނުތަށް ހަދާފައެވެ. އެ ގޮތުން 1999ގައި ހެދުނު ގޫގުލް އަކީ މިއަދު އެންމެ ކުރިއަރައިފައިވާ އެއްމެ މައި އެއް ސާރޗް އިންޖީނެވެ.
ހަމައެކަނި އޮންލައިންކޮށް ކިޔަވާދޭ ހައިސްކޫލް އުފެދުނީ 1994 ވަނަ އަހަރުގައެވެ. އިންޓަރނެޓް ތަރައްޤީވެގެން ދިޔަ މިންވަރަކަށް އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ވެސް ދިޔައީ ކުރިއަރަމުންނެވެ. މިގޮތުން މަލްޓިމީޑިއާ އަދި ވެބްކެމް ބޭނުންކޮށްގެން އުގެނުން އިތުރުވެގެންދިޔައެވެ.އަދި ބްލޮގް، ވިކިސް، ޔޫޓިއުބް، ވީޑިއޯ، ޓެބްލެޓް ފަދަ މީޑިއާގެ ވަޞީލަތްތައް ވެސް ކިޔަވައިދިނުމުގައި ބޭނުން ކުރެވެއެ. ފުރަތަމަ ބްލޮގް "ލިންކްސްނެޓް" 1994ގައި އުފެއްދީ Swarthmore ކޮލެޖްގެ ދަރިވަރެއްކަމުގައިވާ ޖަސްޓިންހެލްވެއިލް އެވެ.
ލިޔުންތެރިޔާ: މުޙައްމަދު އަޙުމަދު




އާރޓިކަލު ގައި އެދިއުކޭޝަނަލް ޓެކްނޮލެޖީ ތަރައްޤީވަމުން އައި ގޮ ތަފުޞީކޮށްދީފައވެ
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާ ފުރިހަމަ ލިޔުމެއް
ReplyDeleteވަރަށް ޢިލްމީ މަޢުލޫމާތު އެކުލެވިފައިވާ ލިޔމެއް. ފޮޅުވަތް ދުރުކޮށްލިނަމަ ވަރަށް ކިޔަން ފަސޭހަ ވީސް
ReplyDeleteއެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚަށް، ޚާއްޞަކޮށް އަލައް އުފެދުނު ޓެކްނޮލޮޖީގެ ތާރީހަށް ވަރަށް ރަނގަޅަށް އަލިއަޅުވާލާފައި ވާކަން ފާހަގަކުރެވޭ. އަދި ކުރީގެ ތާރީޚަށްވެސް ބޮޑަށް އަލިއަޅުވާލިނަމަ އަދި ވަރަށް ދުރިހަމަ ލިއުމަކަށް ވާނެ.
ReplyDeleteފެޝިގެން އައިގޮތާ ހަމައިން ތާރީޙް ރަތާ އެކު ވަރަހ ތަފްޞީލީ ގޮތަކަށް ގެންނަވާފައި ވާކަން ފާހަގަކުރަމެވެ ނަމަވެސް އެންމި ފަހުގެ (މިއަދުގެ ) 2000 ވަނަ އަހަރުގެ އެއްވެސް ވާހަކައެއް ހިމަނާލެވިފަ ނުވާކަން ދެރައެވެ
ReplyDeleteވަރަށްގިނަ ތާރީޚްތަކެއް ދިރާސާކޮށް ގެން އެކުލަވާލާފައިވާ ވަރަށް ރަނގަޅު ލިުމެއް
ReplyDeleteވަރަށްގިނަ ތާރީޚްތަކެއް ދިރާސާކޮށް ގެން އެކުލަވާލާފައިވާ ވަރަށް ރަނގަޅު ލިުމެއް
ReplyDeleteވަރަށްގިނަ ތާރީޚްތަކެއް ދިރާސާކޮށް ގެން އެކުލަވާލާފައިވާ ވަރަށް ރަނގަޅު ލިޔުމެއް
ReplyDeleteވަރަށްގިނަ ތާރީޚްތަކެއް ދިރާސާކޮށް ގެން އެކުލަވާލާފައިވާ ވަރަށް ރަނގަޅު ލިޔުމެއް
ReplyDelete
ReplyDelete! އެމުނި އެތުރުން ފުރިހަމަކަންވެސް ފާހަގަކުރަން! ތާރީޚީ މަޢުލޫމާތު ތަކެއް ހިމެނޭ ޢިލްމީ ލިޔުމެއް! މިފަދަ ލިޔުންތައް ގިނަގިނައިން ފެންނާނެކަމަށް އުއްމީދުކުރަން
މައުލޫމާތު ފުރިހަމަ ލިޔުމެއް. ފޮންޓް ސައިޒް ތަންކޮޅެއް ކުދި. އެހެން ނޫންނަމަ ވަރަށް ރަނގަޅުވީސް.
ReplyDeleteވަރަށް ފުރިހަމައަށް ވިސްނައިގެން އަތުރާލައިފައިވާ ލިޔުމެއް، މިދާޅުވާބޭފުޅުންނަށް ފައިދާކުރުވަނިވި ފުރިހަމަ ލިޔުމެއް
ReplyDelete