Monday, November 16, 2015

Software Needed for Studies


އުގެނުމާއި އުގަންނައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަންސް ތަކާއި ސޮފްޓްވެއަރތައް

އިހުޒަމާނުގައި އެދުރުގެތަކާއި، މިސްކިތު ދާލަތަކާއި، މުދިމުންނާއި، ކަތީބުންނާއި، ޚަތީބުންގެ ކައިރިއަށް ގޮސް އުގެނިއުޅުނު ގޮތްތައް މިއަދު މިވަނީ މާޒީވެ ގޮސް ތާރީޚުގައި ލިޔެވިފައެވެ. ޒަމާނީ ތަޢުލީމު ފުޅާވެ ކިޔަވައިދިނުމުގައި ތަފާތު ގޮތްތަކާއި ތަފާތު ވަސީލަތްތައް މިއަދު މިދަނީ ބޭނުންކުރަމުންނެވެ.  ޒަމާނީ ޓެކްނޮލޮޖީގެ އެކި އެކި ސޮފްޓްވެއަރތައް ބޭނުންކޮށްގެން ދަރިވަރުން ޝައުގުވެރިވާގޮތަށް މިއަދު ދަނީ ކިޔަވައިދެމުންނެވެ. މިގޮތުން މި އާޓިކަލްގައި ބަލާލާފައިވާނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ތެރެއިން އަދުގެ ޒަމާނީ ތައުލީމީ ނިޒާމުގައި، އުގެނުމާއި އުގަންނައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން އެޕްލިކޭޝަންސް ތަކާއި ސޮފްޓްވެއަރ ތަކަށެވެ.

Learning Management System

ލާރނިންގ މެނޭޖްމެންޓް ސިސްޓަމް
 ·        ލާރނިންގ މެނޭޖްމެންޓް ސިސްޓަމްއަކީ ކޮބާ؟
ލާރނިންގ މެނޭޖްމެންޓް ސިސްޓަމްއަކީ ތަފާތު އެކިއެކި ސޮފްޓްވެއަރތައް ބޭނުންކޮށްގެންނާއި އަދި އެހެނިހެންވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ދާއިރާތަކާއި، އޮފީސްތަކުގެ މަސައްކަތްތައް ދަސްކޮށްދިނުމަށާއި އުނގަންނައިދިނުމަށް ކިޔާ ނަމކެވެ. މައިގަނޑު ގޮތެއްގައި ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ބޭނުން ހިފަނީ އޮންލައިން އިންޓަރނެޓް ޚިދުމަތް މެދުވެރިކޮށެވެ. ބުނާނަމަ އެއީ ކިޔަވައިދޭ ކޯހެއް އިންޓަރނެޓް މެދުވެރިކޮށް އޭގެ ފިލާވަޅުތަކާއި އަދި އެހެނިހެންވެސް މަޢުލޫމާތުތައް އެކިޔަވާ ފަރާތްތަކަށް އަވަސްކަމާއިއެކު ފޯރުކޮށްދިނުމަށް ކިޔާ ގޮތްތަކެކޭވެސް ބުނެވިދާނެއެވެ.

Modern Classroom Technology



ޒަމާނީ ސްކޫލް ކުލާސްރޫމް  ޓެކްނޮލޮޖީ
ފާތިމަތު އަޤުލީމާ


ޓެކްނޮލޮޖީ އަކީ ކަންކަން ކުރުމުގައި އިތުރު ފަސޭހައަކަށް އިންސާނުން ބޭނުން ކުރާ ހަތިޔާރެކެވެ.

Educational Technology Development

އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ތަރައްޤީވަމުން އައިގޮތް އަދި ހިސްޓްރީ



އެޑިއުކޭޝަނަލް ޓެކްނޮލޮޖީ މާނަކުރެވެނީ އުގަންނައިދިނުމުގަޔާއި ދަސްކުރުމުގައި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމަށެވެމީގެތެރޭގައި އެކިވައްތަރުގެ މީޑިއާ، މެޝިންތައް އަދި ނެޓްވާކިން ސާމާނު ބޭނުންކުރުމާއި އަދި އެފަދަ ސާމާނު ބޭނުންކުރުމުގެ ތިއަރީތައް ވެސް ހިމެނެއެވެ.

އިލެކްޓްރޯނިކް ވަޞީލަތްތައް އެޑިއުކޭޝަނަލް ޓެކްނޮލޮޖީގައި ބޭނުންކުރުން ނުވަތަ އީ-ލާނިންގއަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއިއެކު ފެތުރެމުންދާ ދަސްކުރުމުގެ އެއް ވަޞީލަތެވެ.