އުގެނުމާއި އުގަންނައިދިނުމުގައި ބޭނުންކުރެވޭ ބައެއް އޮންލައިން
އެޕްލިކޭޝަންސް ތަކާއި ސޮފްޓްވެއަރތައް
މައިކްރޯ ސޮފްޓް އެކްސެލް
![]() |
މައިކްރޯސޮފްޓް އެކްސެލްއަކީ މައިކްރޯސޮފްޓް
ކޮމްޕެނީއިން ހަދާފައިވާ ސްޕްރެޑްޝީޓް އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަންގެ
ފުރަތަމަ ވާރޝަން ނެރެފައިވަނީ ސެޕްޓެމްބަރ 30، 1985 ގައެވެ. މީގެއިތުރުން މެކް
އޯ.އެސް.އެކްސް އާއި އައި.އޯ.އެސް އަދި މައިކްރޯސޮފްޓް ވިންޑޯސްގެ އޮޕަރޭޓިން
ސިސްޓަމް ތަކުގައި މި އެޕްލިކޭޝަން ބޭނުންކުރެއެވެ.
މައިކްރޯސޮފްޓް އެކްސެލް ސްޕްރެޑްޝީޓް އެޕްލިކޭޝަންގައި
ކަލްކިއުލޭޓް ކުރުމުގެ ގާބިލުކަން ހުރެއެވެ. އަދި ގްރާފް ކުރަހާ ޓޫލްސް އާއި
ޕިވޮޓް ޓޭބަލްސް އަދި މެކްރޯ ޕްރޮގްރާމިން ބަހެއްކަމުގައިވާ ވިޝުއަލް ބޭސިކް ފޮރ
އެޕްލިކޭޝަންސް ގެ ފީޗަރ ވެސް ހިމެނިފައިވެއެވެ. މައިކްރޯސޮފްޓް އެކްސެލްއަކީ
ސުކޫލުތަކުން ފެށިގެންގޮސް އިންޑަސްޓްރީތަކުގެ ސްޕްރެޑްޝީޓް ހަދަންވެސް ބޭނުންކުރާ
އެޕްލިކޭޝަން އެއްކަންވެސް ފާހަގަކޮށްލެވެއެވެ.
މައިކްރޯސޮފްޓް އެކްސެލް
ބޭނުންކުރަމުން އަންނަ ގޮތަށް ބަލާއިރު މިއެޕްލިކޭޝަނަކީ ބޭނުން ކުރަން ވަރަށް
ފަސޭހަ ދުނިޔޭގެ ގިނަބަޔަކު އެޔާ
ރައްޓެހި، އުނގެނުމާއި އުނގަންނައި ދިނުމުގެ ދާއިރާއަށް ނުހަނު ބޭނުންތެރި އެޕްލިކޭޝަނެއްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ތަޢުލީމީ ދާއިރާގައި ކުރެވޭ އެކިއެކި މަސައްކަތްތަކުގެ ތެރޭގައި މި
އެޕްލިކޭޝަން ބޭނުންކޮށްގެން ކުދިންގެ
މާރކްޝީޓްތައް ހެދުމާއި ސުކޫލަށް ލިބޭ ކުރިއެރުންތައް ފާހަގަ ކުރުމަށް ހެދޭ ގްރާފްތައް
ހެދުމުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ވިޔަފާރީގެ ދާއިރާގައި ވިކުރާ
ބެލެހެއްޓުމާއި މުވައްޒިފުންގެ މުސާރަ ޝީޓްތައް ތައްޔާރުކުރުންފަދަ
މަސައްކަތްތަކާއި އަދި އެހެންމެ ލިބޭ އާމްދަނީއާއި ކުރެވޭ ޚަރަދު ފަސޭހަކަމާއިއެކު
ބެލެހެއްޓުމަށްވެސް މައިކްރޯސޮފްޓް އޮފީސް ސޮފްޓްވެއަރގެ މި އެޕްލިކޭޝަން
ބޭނުންކުރެއެވެ.
މައިކްރޯސޮފްޓް
އޮފީސް ސޮފްޓްވެއަރގެ އެކްސެލް މި އެޕްލިކޭޝަންގެ އެންމެ މުހިއްމު
އެއްފައިދާއެއްގެ ގޮތުން ފާހަގަކޮށްލެވެނީ އުގެނުމާއި އުގަންނައި ދިނުމުގެ
ދާއިރާގެ މަސައްކަތްތައް ހަލުވިވެ ހޭދަކުރަންޖެހޭ ވަގުތު މަދުވުމެވެ. މިސާލެއްގެ
ގޮތުން މާރކްޝީޓުތައް ތައްޔާރުކުރުމުގައި ކުދިންނަށް ލިބުނު މާރކުހާއި އެ ކުއްޖާ
ހުރި ލެވެލްތައް ކަނޑައެޅިފައިވާ ގޮތް ފަސޭހަކަމާއެކު ފޯމިއުލާ ބޭނުން ކޮށްގެން
ހޯދާލެވެއެވެ. މިފަދަ ސޮފްޓްވެއަރ އެއް ބޭނުން ނުކުރާނަމަ ކޮންމެ ކުއްޖެއްގެ
މާރކްސް ވަކިވަކިން ހަދާ އެކުއްޖެއްގެ ކޮލަމް ގައި ލިޔަންޖެހެއެވެ. އަދި މިކަމަށް
ހޭދަކުރާ ވަގުތު ގިނަވެ މަސައްކަތް ލަސްވެއެވެ. ނަމަވެސް ކޮމްޕިއުޓަރުން މިފަދަ
ސޮފްޓްވެއާރ އެއް ބޭނުން ކުރުމަކީ މަސައްކަތް އަވަސްވެ ފަސޭހައިން އެމަސައްކަތް
ނިންމާލެވޭ ކަމެކެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރި އަރާ ފައިވާ މިފަދަ ޒަމާނެއްގައި
މުއައްޒިފުން އިތުރު ގަޑި ތަކުގައި އޮފީހަށް ނުނިކުމެ ގޭގައިތިބެގެންވެސް
ފަސޭހަކަމާއިއެކު ނިންމާލެވެއެވެ.
މައިކްރޯސޮފްޓް
ވޯޑް
މައިކްރޯސޮފްޓް ވޯޑަކީ މައިކްރޯސޮފްޓް ކުންފުނިން
އުފައްދާފައިވާ ވޯޑް ޕްރޮސެސަރ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އެންމެ ފުރަތަމަ
އާންމުންނަށް ތައާރަފް ކޮށްފާވަނީ "މަލްޓި ޓޫލް ވޯޑް"ގެ ނަމުގައި 1983
ވަނަ އަހަރުގައެވެ. މައިކްރޯސޮފްޓް ވޯޑަކީ ވަރަށް ޔޫސާރ ފްރެންޑްލީ ނުވަތަ
ބޭނުންކުރާ މީހުންނާ ރައްޓެހި ނުވަތަ އެހެން ގޮތަކަށް ބުނަނީ ނަމަ ބޭނުން ކުރަން
ވަރަށް ފަސޭހަ ޕްރޮގްރާމެކެވެ. މައިކްރޯސޮފްޓް ވޯޑް ބޭނުންކޮށްގެން ތަފާތު ގިނަ
މަސައްކަތްތަކެއް ކުރެވެއެވެ. އެގޮތުން ކިޔަވައިދިނުމުގެ ދާއިރާގައިވެސް ގިނަ
ކަންތައްތަކެއް ކުރެވެއެވެ. އޭގެތެރޭގައި ޓެސްޓު ޕޭޕަރާއި ވޯކްޝީޓްތައްވެސް
ތައްޔާރު ކުރެވެއެވެ. އަދި މީގެ އިތުރުން ސިޓީ ލިޔުމާއި ސެޓްފިކެޓާއި ދައުވަތު
ކާޑުވެސް ވޯޑުގައި ތައްޔާރުކުރެއެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް
ބަލާއިރު އޮފީސްތަކުގެ ލިޔެކިޔުންތަކާއި ވިޔަފާރީގެ ވިކުރާތައް ތައްޔާރުކުރެއެވެ.
މައިކްރޯ ސޮފްޓް އޮފީސް ސޮފްޓްވެއަރގެ މި ޕްރޮގްރާމްވެސް ފާހަގަކުރެވެނީ ބޭނުންކުރަން ފަސޭހަ، މަސައްކަތްތަކަށް ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކުރުވާ
ޕްރޮގްރާމެއްގެ ގޮތުގައެވެ.
މައިކްރޯސޮފްޓް ޕަވަރޕޮއިންޓް
މައިކްރޯސޮފްޓް ޕަވަރޕޮއިންޓަކީ މައިކްރޯސޮފްޓް
ކުންފުނިން އުފައްދާފައިވާ ސްލައިޑް ޝޯ ޕްރެޒެންޓޭޝަން ޕްރޮގްރާމެކެވެ. މި
ޕްރޮގްރާމް ރަސްމީ ގޮތެއްގައި ނެރެފައިވަނީ 1990 ވަނަ އަހަރުގެ މެއި 22 ގައެވެ. މި
ސޮފްޓްވެއަރ އެންމެ ފުރަތަމަ ނެރުނުއިރު ނަމަކީ 'ޕްރެޒެންޓަރ' އެވެ. 1987 ގައި
އޭގެ ނަން 'ޕަވަރޕޮއިންޓް' އަށް ބަދަލުކޮށްފައިވެއެވެ. ޕަވަރޕޮއިންޓް
ޕްރެޒެނޓޭޝަންއަކީ ތަފާތު ގިނަ ދާއިރާތަކަށް ނުހަނު ބޭނުންތެރި ޕްރޮގްރާމެކެވެ.
ތަޢުލީމާއި
ވިޔަފާރީގެ ދާއިރާއާއި އަދި އިޖުތިމާއީ އެކިއެކި ބޭނުންތަކުގައި ވެސް މިސޮފްޓްވެއާރ
ބޭނުން ކުރަމުން ގެންދެއެވެ. ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަންއަކީ މަސައްކަތުގެ
މާހައުލާއި ކިޔަވައިދިނުމުގެ ދާއިރާއާއި ވިޔަފާރީގެ މައިދާނުގައި ފަސޭހަކަމާއިއެކު
މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންކޮށްއުޅޭ ސޮފްޓުވެއަރ އެކެވެ. އެގޮތުން
ތައުލީމީ ދާއިރާގައިވެސް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ބޭނުންކޮށްގެން ކުދިން
ޝައުގުވެރިވާ ގޮތަށް ފިލާވަޅުތައް ހުށައަޅައިދެއެވެ. އޭގެ ބޭނުމަކީ ކުދިން
ޝައުގުވެރި ވާނޭހެން މަންޒަރާއި އަޑު ހިމަނައިގެން މައުލޫމާތުތައް އެކުދިންނަށް
ފޯރުކޮށްދިނުމުން ދަސްކުރަން ފަސޭހަވާނެތީއެވެ. އަދި ގިނަ ވަގުތު ހަނދާނުގައި
ހުންނާނެތީއެވެ. އަދި މީގެ އިތުރުންވެސް ބުނެދެން ބޭނުންވާ ފިލާވަޅެއް
(މައުލޫމާތު) ގިނަ ކުދިބަޔަކަށް އެއްފަހަރާ ފޯރުކޮށްދެވެއެވެ. އެކަމުގެ ސަބަބުން
ޓީޗަރަށްވެސް ފަސޭހަވެއެވެ. އަދި ވަގުތު ސަލާމަތް ކުރެވި އެހެން ކަންކަން ފުރިހަމަ
ކުރުމަށް ވަގުތު ލިބިގެންދެއެވެ. ހަމައެގޮތުން ކުދިންނަށް ދެވޭ މައުލޫމާތުތައްވެސް
ފަސޭހަކަމާއިއެކު ހޯދާ އިތުރަށް މައުލޫމާތު މުއްސަނދި ކުރުމަށް މަގުފަހި ވެގެން
ދެއެވެ. ސުކޫލުތަކުގެ އިތުރުން ކޮލެޖުތަކުގެ
ކޯސްތަކުގައިވެސް ޕަވަރޕޮއިންޓު ޕްރެޒެންޓޭޝަން ބޭނުންކޮށްގެން ފަސޭހަކަމާއިއެކު
ފިލާވަޅުތައް ހުށައަޅައިދެވެމުން ގެންދެވެއެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި
ގިނަ ޓޮޕިކު ކަވަރ ކޮށްދެއްވައެވެ. އަދި މި މައުލޫމާތުތައް ދަރިވަރުންނަށް
ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްވެސްއެހީތެރިވެދެއެވެ.
ތަފާތުއެކި ކަންކަމުގައި މައުލޫމާތު ފޯރުކޮށްދޭ
ފަރާތްތަކުންވެސް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ބޭނުން ކުރަމުން ދެއެވެ. އެގޮތުން ޞިއްޙީގޮތުން
ޢަމަލުތައް ބަހައްޓަންވީ ގޮތާއި ކުޑަކުދިންނާއި ދޭތެރޭގައި ކަންތައްތައް ކުރަންޖެހޭނެގޮތް
ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ހާމަކުރައްވަމުން ގެންދަވައެވެ. ވިޔަފާރީގެ
ދާއިރާގައި ނަމަ މީހުންނަށް ބޭނުންވާ މައުލޫމާތުތައް ފޮޓޯއާއި އަޑު ހިމަނައިގެން
މީހުން ޝައުގުވެރިވާނެހެން ފޯރުކޮށްދެވެއެވެ. މިގޮތުން އޮންލައިންކޮށް ކުރެވޭ
ވިޔަފާރީގައި ފޮޓޯއާއި އެކު އަޑު ހިމަނައިގެން ގިނަ ބައެއްގެ ޝައުގުވެރިކަން
ހޯދަމުންދެއެވެ. މަސައްކަތްތެރިން
(ކުންފުނިތަކުން) އެމީހުންގެ މަސައްކަތްތެރިކަން ކާމިޔާބުކުރުމަށް ޕަވަރޕޮއިންޓް
ޕްރެޒެންޓޭޝަން ބޭނުންކޮށްގެން މައުލޫމާތު ހުށައަޅަމުން ގެންދެއެވެ. އެގޮތުން ބިޑު
ކާމިޔާބު ކުރަނީ އެމީހުން ރާވާފައިވާ ޕްރޮޖެކްޓުތައް ހުށައަޅައިގެން އޭގެތެރިން
އެންމެ ކަމުދާ (އެން ރަނގަޅު) ބިޑެއް ހުށައަޅާ ފަރާތަކުންނެވެ.
ޕުރެޒި
ޕުރެޒި އަކީ ޕުރެޒެންޓޭޝަން ސޮފްޓް ވެއަރއެކެވެ. މި ރަސްމީ ގޮތެއްގައި ނެރެފައިވަނީ 2009 ވަނަ
އަހަރުގައެވެ. މި ސޮފްޓް ވެއަރ ތަޢުލީމާއި ވިޔަފާރީގެ ދާއިރާއާއި އަދި އިޖުތިމާޢީ އެކިއެކި ބޭނުންތަކުގައި މިސޮފްޓްވެއާރ
ޕްރެޒެންޓޭޝަން ތައްޔާރުކުރުމަށް ބޭނުންކުރެވެއެވެ.
އެގޮތުން ތަޢުލީމީ ދާއިރާގައި ކުދިން ޝައުގުވެރި
ވާނޭހެން މަންޒަރާއި އަޑު ހިމަނައިގެން، ކުދިން ޝައުގުވެރިވާ ގޮތަށް ފިލާވަޅުތައް
ހުށައަޅައިދިނުމަށް މި މިސޮފްޓްވެއާރ ބޭނުންކުރެއެވެ. މިސޮފްޓްވެއަރވެސް ބޭނުންކުރުމުން ވަގުތު
ސަލާމަތް ކުރެވި އެހެން ކަންކަން ފުރިހަމަ ކުރުމަށް ވަގުތު ލިބިގެންދެއެވެ.
ހަމައެގޮތުން ކުދިންނަށް ދެވޭ މައުލޫމާތުތައްވެސް ފަސޭހަކަމާއިއެކު ހޯދާ އިތުރަށް
މައުލޫމާތު މުއްސަނދި ކުރުމަށް މަގުފަހި ވެގެން ދެއެވެ. ސުކޫލުތަކުގެ އިތުރުން
ކޮލެޖުތަކުގެ ކޯސްތަކުގައިވެސް ޕަވަރޕޮއިންޓު ޕްރެޒެންޓޭޝަން ބޭނުންކޮށްގެން
ފަސޭހަކަމާއިއެކު ފިލާވަޅުތައް ހުށައަޅައިދެވުމާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ
ކުދިންތަކަކަށް ފިލާވަޅު ހުށަހަޅައިދެވޭކަން ފާހަގަކޮށްލެވެއެވެ.
ކޮރެލް ޑުރޯ
ކޮރެލްޑުރޯ އަކީ ގުރެޕިކްސް ޑިޒައިނިންގްއަށް ޚާއްޞަ ކުރެވިގެން 1989 ވަނަ
އަހަރު އުފައްދާފައިވާ ސޮފްޓްވެއަރއެކެވެ. އެހެން ސޮފްޓްވެއަރތަކާއި އެއްފަދައިން
ކޮރެލްޑުރޯ އަކީވެސް މަސައްކަތުގެ މާހައުލާއި، ވިޔަފާރީގެ އިތުރުން އުނގެނުމާއި، އުނގަންނާ ދިނުމުގެ ދާއިރާގައިވެސް
ބޭނުން ކުރަމުން އަންނަ، ޔޫސަރ ފުރެންޑްލީ ސޮފްޓް ވެއަރއެކެވެ. އެގޮތުން ދައުވަތު
ކާޑުތަކާއި، ކުރެހުމާއި، އެކި އެކި ވާރކްޝީޓްތައް ހެދުމަށް މި ސޮފްޓްވެއަރ
ބޭނުންކުރެއެވެ.
އެވަރ ނޯޓް
އެވަރނޯޓަކީ ސްމާޓް ފޯން ތަކާއި ލެޕްޓޮޕްތަކުގައިވެސް ބޭނުން ކުރެވިދާނެ،
ނޯޓު ނެގުމަށާއި، ކަންކަން ތަރުތީބުކޮށް ބެލެހެއްޓުމަށް ބޭނުން ކުރެވިދާނެ ވަރަށް
ފުރިހަމަ އެޕްލިކޭޝަނެކެވެ. ކެލިފޯނިއާގެ ކުންފުންޏަކުން 2010 ވަނަ އަހަރު
ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަނުން ކުރެވޭ ބޭނުންތަކުގެ ތެރޭގައި ކިޔެވުމާއި ކިޔަވައި
ދިނުމުގައިބޭނުންކުރެވޭ ތަފާތު ލިޔެކިޔުންތައް ކަމުގައިވާ މެމޯ، ސަމަރީ، ރިޕޯޓު ފަދަ ލިޔުންތައް
ހިމެނެއެވެ. މީގެ އިތުރުން އޯޑިއޯ މެސްޖުތައް ތައްޔާރުކުރުމާއި މިފަދަ
މަސައްކަތްތައް ރައްކާތެރި ކަމާއިއެކު މި އެޕްލިކޭޝަން މެދުވެރިކޮށް އާކައިވް
ކުރެވެއެވެ.
ޝައްކެއްނެތެވެ. އޮންލައިން
އެޕްލިކޭޝަންތަކާއި ސޮފްޓްވެއަރތަކުގެ ސަބަބުން ކިޔަވައިދިނުމަށް މިއަދު މިވަނީ
ހީނުކުރާފަދަ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އަދި ކުރިމަގުގައި އިތުރު ހެޔޮ
ބަދަލުތަކެއް އަންނާނެ ކަމީވެސް ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. މިފަދަ ވަސީލަތްތައް
ބޭނުން ކޮށްގެން ކިޔަވައި ދިނުމުން ކުދިންގެ ޝައުޤުވެރިކަން މިއަދު މިވަނީ
އިތުރުވެ ކިޔެވުމަށްދޭ ސަމާލުކަންވެސް އިތުރު ވެގެން ގޮސްފައެވެ. މަސައްކަތް
ތަކުގައި ހޭދަކުރަންޖެހޭ ވަގުތުތައް ސަލާމަތްވެ މުދައްރިސުންގެ
މަސައްކަތްތަކަށްވެސް ލުއިކަމެއް ގެނުވާފައެވެ.
އަޅުގަނޑުގެ އުއްމީދަކީ މި އާޓިކަލްގެ ސަބަބުން އަދުގެ ޒަމާނީ ތައުލީމީ ނިޒާމުގައި،
އުގެނުމާއި އުގަންނައިދިނުމުގައި ބޭނުންކުރެވޭ ބައެއް އެޕްލިކޭޝަންތަކާއި
ސޮފްޓްވެއަރ ތަކާއި ބެހޭ މަޢުލޫމާތު ގިނަބަޔަކަށް އެގިގެން ދިއުމެވެ.
ލިޔުންތެރިޔާ: ޢަބްދުލް މަތީން ޢަލީ، ބިންގާ، އދ.މާމިގިލި






varah furihama masakathe mee
ReplyDeleteމަތީނޫ ހާދަ ބުރަކަމެކޭ މިހާދިކޮށް ކިޔާހެދުމީ
ReplyDeleteމަތީގާތަންކޮޅެއްކުރުކޮށް ޚުލާސާކޮށްލުމޭ އެދުމީ
ވަރަށްމޮޅު އަދި ބޭނުންތެރި ލިޔުމެއް.މިހާރު ކިޔެވުމުގައި އޮންލައިން ބޭނުން ކުރަންދަސްވެއްޖެ............
ReplyDeleteޕޭޖް ބްރޭކް ލެވިފައި ހުރިނަމަ ކިޔާލަން ފަސޭހަވީސް. މާ ގިނައިނ ސްކްރޯލް ކުރަން ޖެހުމުން ޕޭޖްގެ ތިރީގައިވާ ލިޔުންތަކަށް ދެވޭ ސަމާލުކަން ކުޑަ ކަމަށް ފާހަނގަ ކުރެވޭ.
ReplyDeleteماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!
ReplyDeleteމައިކުރޯސޮފްޓުވެއަރ އެޕްލިކޭޝަންތަކަށް ބަލައިލެވިފައިވޭ އަދި ކުރީގެ ދިވެހިން އުނގެނުމުގެކަނަތަކަށް އަލިއަޅުވާލައިފައިވޭ ،މިލިޔުމުގައި ފޮންޓް ތަންކޮޅެއް ކުދިކަމަށް ފާހަގަކުރެވޭ! ދެފޮޅުވަތުގެ ދުރުމިން އަދިވެސްދުރުކޮށްލާފައި ހުރިނަމަކިޔަންފަސޭހަވީސް . ތިޔަކުރެއްވި މަސައްކަތަށް ހަމަސާބަސްދެން.
ReplyDeleteއަޅުގަނޑު އަދި ނުވެސް ދަންނަ ޕްރޮގްރާމްތަކެއްގެ މަޢލޫމާތު ލިބިގެން ހިނގައްޖެ.. ޝުކުރިއްޔާ..
ReplyDeleteމަތީނުގެ މަސައްކަތަށް ސާބަސް! އިތުރަށް ބުނެލަން އޮތީ، އެކްސް، ވޯރޑް ފަދަ މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތަކަކީ ސީދާ އުނގެނުމާއި އުނގަންނައިދިނުމަށް ޚާއްޞަކޮށްފައިވާ އެޕްލިކޭޝަންތަކަށް ނުވާތީ، ބޮޑަށް އުންމީދުކުރެވުނީ އެހެނިހެން ސޮފްޓްވެރއަތަކެއް ހުންނާނެކަމަށް. ލިޔުމުގެ ފަހަތުބައިގައި އެހުރި ފަދަ ސޮފްޓްވެއަރތަކަށް.
ReplyDeleteގިނަ މަޢުލޫމާތުތަކެއް ލިބިގެންދިޔަ ފުރިހަމަ ލިޔުމެއް
ReplyDeleteއެގެނުމާއި އެގަންނައި ދިނުމުގައި ބޭނުންކުރާނެ ސޮފްޓުވެޔާ ތަކާ ބެހޭ ވަރަށް ރަނގަޅު މަޢުލޫމަތުކޮޅެއް ލިބިއްޖެއެވެ.
ReplyDeleteއެގެނުމާއި އެގަންނައި ދިނުމުގައި ބޭނުންކުރާނެ ސޮފްޓުވެޔާ ތަކާ ބެހޭ ވަރަށް ރަނގަޅު މަޢުލޫމަތުކޮޅެއް ލިބިއްޖެއެވެ.
ReplyDeleteމައިކުރޯސޮފްޓު ލާނިންގއާ ގުޅޭ ވަރަށް ފުރިހަމަ ޢިލްމީ އާޓިކަލެއް
ReplyDeleteރަނގަޅު މައުލޫމާުތަކެއް ލިބިއްޖެ. އެކަމަކު، އެމްއެސް އޮފީސް ޕެކްގެ ގިނަ ސޮފްޓްވެއަރ އަކީ އުނގަންނައިދިނުމުގައި ޓީޗަރުން އޭގެ ބޭނުން ހިފިޔަސް އެޑިޔުކޭޝަނަށް ޚާޢްޞަ އެއްޗިއްސެއްނޫން. އެއަށްވުރެ ތަފާތު އެއްޗެހިތަކަކަށް އުންމީދު ކުރެވުނީ. މަތީނުގެ މަސައްކަތަށް ސާބަސް!ދ
ReplyDeleteމަތީނަގެ މިލިޔުމަކީ އަންނަނިވި ޖީލުތަކަށް ވެސް ފައިދާތަކެއް ކުރާނެ ލިޔުމެއްކަން ޔަޤީން
ReplyDelete