Monday, November 16, 2015

Learning Management System

ލާރނިންގ މެނޭޖްމެންޓް ސިސްޓަމް
 ·        ލާރނިންގ މެނޭޖްމެންޓް ސިސްޓަމްއަކީ ކޮބާ؟
ލާރނިންގ މެނޭޖްމެންޓް ސިސްޓަމްއަކީ ތަފާތު އެކިއެކި ސޮފްޓްވެއަރތައް ބޭނުންކޮށްގެންނާއި އަދި އެހެނިހެންވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ދާއިރާތަކާއި، އޮފީސްތަކުގެ މަސައްކަތްތައް ދަސްކޮށްދިނުމަށާއި އުނގަންނައިދިނުމަށް ކިޔާ ނަމކެވެ. މައިގަނޑު ގޮތެއްގައި ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ބޭނުން ހިފަނީ އޮންލައިން އިންޓަރނެޓް ޚިދުމަތް މެދުވެރިކޮށެވެ. ބުނާނަމަ އެއީ ކިޔަވައިދޭ ކޯހެއް އިންޓަރނެޓް މެދުވެރިކޮށް އޭގެ ފިލާވަޅުތަކާއި އަދި އެހެނިހެންވެސް މަޢުލޫމާތުތައް އެކިޔަވާ ފަރާތްތަކަށް އަވަސްކަމާއިއެކު ފޯރުކޮށްދިނުމަށް ކިޔާ ގޮތްތަކެކޭވެސް ބުނެވިދާނެއެވެ.
·        ލާރނިންގ މެނޭޖްމެންޓް ސިސްޓަމް ފަހުގެ ތާރީޙެއްގައި ޢާންމުވާން ފެށުނު ގޮތުގެ މައްޗަށް ބަލައިލުން
މެނޭޖްމެންޓް ސިސްޓަމް ފާޅުކަން ބޮޑު ގޮތެއްގައި ވުޖޫދަށް އައީ ނުވަތަ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ފެށުނީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައި "ލޫތާ ސެމިނަރީ (އެސްޓީ ޕައުލް)" ކިޔާ ފެކަލްޓީއެއްގެ މެމްބަރުން އެތަނަށް އެކި ސަބަބުތަކާއި ހުރެ ނުވަތަ ލާރި ނުލިބިގެން އެސެމިނާރތަކަސް ކުދިންނަށް ނުދެވެން ފެށުމުގެ ސަބަބުން އޭރުގައި "ޓޮމް ވޯކާ" ކިޔާ މީހަކު ނިންމެވީ ހުރިހާ އެންމެންނަށް އަބަދު އެއްތަނެއްގައި ތިބެގެން ނުވަތަ އެއްތަނެއްގައި ހާޟިރުވެތިބެގެން ސެމިނާރތައް ކުރިއަށް ނުގެންދިޔަސް، އެއްބަޔަކު އަނެއްބަޔަކަށް ޚަބަރުތަކާއި މަޢުލޫމާތުތަކާއި ހުރިހާ އެއްޗެއް ސޮފްޓްވެއަރ އެއް ނުވަތަ އެނޫންވެސް ވަސީލަތްތައް މެދުވެރިކޮށް އެނގިގެންދާނެ ވަސީލަތެއްގެ ބޭނުން ހިފުމަށެވެ.
ފާއިތުވީ 20 އަކަށް އަހަރު  ތެރޭގައި ދުނިޔޭގެ އަދި ރާއްޖޭގެވެސް ވަރަށް ގިނަ ކުންފުނިތަކުން މުވައްޒަފުން ތަމްރީން ކުރުމަށާއި އަދި ކަސްޓަމަރުންނަށް ސައްހަ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ބޭނުން ހިފަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
·        ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ބޭނުން އެންމެ ބޮޑަށް ހިފަމުން އަންނަ ބައެއް ތަންތަނުގެ މިސާލު
ސޮފްޓްވެއަރ ކުންފުނިތައް:
ސޮފްޓްވެއަރ ކުންފުނިތަކަކީ އެމީހުންގެ ސޮފްޓްވެއަރތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ވިއްކަން ބޭނުންވާ އަދި ވިއްކަމުން އަންނަ ކުންފުނިތަކެކެވެ. އެހެންކަމުން އެކަން އެގޮތަށް ކުރުމަށްޓަކައި ތަފާތު ޤައުމުތަކުގައި އެކުންފުނިތަކުގެ ވިޔަފާރި ޕާރޓްނަރުންނަށް ސޮފްޓްވެއަރތަކާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ދީ، އެއާ ކުޅެން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެފަދަ ކުންފުނިތަކުން އެކަން އެގޮތަށް ކުރަނީ ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ތަފާތު ގޮތްތައް ބޭނުންކޮށްގެންނެވެ.
ހޮސްޕިޓަލްތައް:
ހޮސްޕިޓަލްތަކަކީވެސް ވަރަށް ބައިވަރު ތަފާތު އެކި ސާމާނުތައް ބޭނުންކުރާ ތަނެކެވެ. ހަމަ އެވަރަށް މުވައްޒަފުން ހޮސްޕިޓަލްތަކުގައި އުޅެއެވެ. އެހެންކަމުން އެހުރިހާ ނަރުހުންނާއި ޑޮކްޓަރުންނަށް ތަމރީން ދިނުމަށާއި، އެމީހުންގެ މަސައްކަތްތައް އަވަސް ކުރުމަށް ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ބޭނުންކުރެވެއެވެ.
ބޭސް ފިހާރަތައް ނުވަތަ ބޭސް އުފައްދާ ކުންފުނިތައް:
ބޭސް ފިހާރަތައް ނުވަތަ ބޭސް އުފައްދާ ކުންފުނިތަކަކީ ވަރަށް ގިނަ ގަވާއިދުތަކާއި ޤާނޫނުތަކަށް ބޯލަނބައިގެން އުފައްދަންޖެހޭ ނުވަތަ ޢާންމުންނަށް ބޭސް ވިއްކަންޖެހޭ ތަންތަނެވެ. އެހެންކަމުން އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި ބާވަތުގެ ބޭސްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެކަށޭނެ ގޮތެއްގައި ހުރިހާ ފަރާތްތަކަށް (މުވައްޒަފުން ބޭނުންކޮށްގެން ގަންނަ މީހުންނަށް) ފޯރުކޮށްދިނުން ވަރަށް މުހިންމެވެ. އެހެން ކަމުން މިމަސައްކަތަށް ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ވައްތަރުތަކުގެ ބޭނުންކުރުން އެއީ މިފަދަ ކުންފުނިތަކުން ވަރަށް ކުރާ ކަމެކެވެ.
·        ލާރނިންގ މެނޭޖްމެންޓް ސިސްޓަމް އެއްގެ ސޮފްޓްވެއަރއެއްގެ ތެރޭގައި ހިމެނޭ ބައިތައް
ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ބޭނުންކުރާ ސޮފްޓްވެއަރއެއްގެ ތެރޭގައި ވަރަށް ގިނަ ބައިބައި ހިމެނެއެވެ. މީގެތެރެއިން ކުރެވިދާނެ ކޮންމެ ބަޔަކީވެސް ނުވަތަ ވައްތަރަކީވެސް އެކިކަހަލަ ބޭނުންތަކަށް ނުވަތަ ކަންކަމަށް ވަރަށް ބޭނުންތެރި ވައްތަރުތަކެކެވެ.
ލާރނިންގ މެނޭޖްމެންޓް ސިސްޓަމް އެއްގެ ސޮފްޓްވެއަރ އެއްގެ ތެރޭގައި އާންމުކޮށް ހިމެނޭ ބައިތައް ނުވަތަ އޭގެ ތެރެއިން ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.
ރޯސްޓާރސް ހެދުން (ޑިއުޓީ):
ޑިއުޓީ ރޯސްޓާރސް ނުވަތަ ޑިއުޓީ ލިސްޓު ހެދުން ނުވަތަ ކުލާހަކަށް ކޮންމެ ދުވަހަކު ހާޟިރުވާ ކުދިންގެ ލިސްޓު ސޮފްޓްވެއަރ މެދުވެރިކޮށް ފަސޭހަކަމާއިއެކު ހަދައިލެވެއެވެ.
ފައިލްތަކާއި ލިޔެކިޔުންތައް ސިސްޓަމް މެދުވެރިކޮށް އަޕްޑޭޓް ކުރުން:
ފައިލްތަކާއި ތަފާތު ލިޔެކިޔުންތައް އަދި މަޢުލޫމާތުތައް ސިސްޓަމް މެދުވެރިކޮށް ދުވަހުން ދުވަހަށް ބޭނުންވާ ތަރުތީބަކުން އަތުރައިލުމުގެ ފަސޭހަކަން ލިބިގެންދެއެވެ.
ގްރޭޑްތައް ދިނުމާއި މާކްސްތައް ކަނޑައެޅުން:
ކުލާހެއްގައިނަމަ، ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގައި ބޭނުންކުރާ ސޮފްޓްވެއަރ މެދުވެރިކޮށް ހުރިހާ ކުދިންނަށް މާކސް ދީ ސްކޯތައް އޮޓޮމެޓިކްއިން ކަނޑައަޅައިލެވެއެވެ.
ކުދިންނަށް ކުދި ކުއިޒްތައް ހަދާ ޓެސްޓްތައް ގެންދިއުން:
ތަފާތު ކުރު ސުވާލު ކުއިޒްތަކާއި އަދި ކުރު ޓެސްޓުތައް ވަރަށް ރޭވުންތެރިކަމާއިއެކު ސޮފްޓްވެއަރ މެދުވެރިކޮށް ކުރިއަށް ގެންދެވެން ހުރެއެވެ.
·        ލާރނިންގެ މެނޭޖްމެންޓް ސިސްޓަމް އެއްގެ ބޭނުން ހިފުމުގެ ކުރިން ނުވަތަ އޭގެ ބޭނުން ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ބައެއް ކަންތައްތައް
- ލާރނިންގ މެނޭޖްމެންޓް ސިސްޓަމްއެއްގެ ބޭނުން ހިފުމުގެ ކުރިން އެމަސައްކަތް ކުރުމަށް ދާނެ ޚަރަދުތަކާއިމެދު ވިސްނައިލުން ވަރަށް މުހިންމެވެ. އަދި އެކަމަށް ޚަރަދު ކޮށްލެވެން އޮތްވަރު އަންދާޒާކޮށްލުން މުހިންމެވެ.
- ހަމަ އެހެންމެ ކިޔާ އެއްޗެއްގެ ބޭނުން ހިފަން ޖެހޭތޯ އާއި، ކިހާ ހިސާބެއްގައިހުރި ސިސްޓަމްތަކަކާއި ގުޅުވައިލެވެން ޖެހޭތޯވެސް ބަލަންޖެހެއެވެ.
- މިކަމުގައި ކިހާ ފެންވަރެއްގެ ނުވަތަ ނުވަތަ ކިހާ ފަންނެއްގެ ބައެއްގެ އެހީތެރިކަން ބޭނުންވޭތޯވެސް ބަލައިލުން މުހިންމެވެ. 
- އަދި ލާރނިންގ މެނޭޖްމެންޓް ސިސްޓަމްއެއްގެ އެހީގައި ކިހާ ބަޔަކު ތަމްރީނުކޮށް ހޭލުންތެރި ކުރުވަން ޖެހޭތޯވެސް ބަލައިލުން މުހިންމެވެ.
·        ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ފައިދާތައް
- އެބޭނުންކުރުމުގެ ސަބަބުން އެކުރާ ކަމެއް ކުރުމަށް ނަގާ ވަގުތު ވަރަށް ބޮޑުތަން އަވަސްވެގެންދެއެވެ. 
- ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގައި އެމީހަކު ބޭނުންގޮތަކަށް އެ އެތި ބައްޓަންކޮށްލާ ޑިޒައިން ކޮށްލުމުގެ ފުރުޞަތު ލިބިގެންދެއެވެ.
- ލާރނިންގ މެނޭޖްމެންޓް ސިސްޓަމް ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް ތަމްރީނާއި އެކަށީގެންވާ މަޢުލޫމާތު އުނގަންނައި ދިނުމުގެ ސަބަބުން އެކުންފުނީގެ މުވައްޒަފުން ހަރުދަނާވެ އަދި އެދާއިރާއަކުން ވަރަށް މޮޅަށް ކުޅަދާނަވެއެވެ. އޭގެ ސަބަބުން ދިގު މުއްދަތުގައި ނުވަތަ މުސްތަޤުބަލުގައި ކުންފުންޏަކަށް ވަރަށް ފުރިހަމައަށް މަސައްކަތް ކުރާ ޓީމެއް ލިބިގެން ދިއުމުގެ ފުރުޞަތު ބޮޑުވެއެވެ.
·        ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ގެއްލުންތައް
- މިކަމަށް ބޭނުންކުރާ ސޮފްޓްވެއަރ ނުަވތަ އެނޫންވެސް އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން އެބޭނުންކުރާ ފަރާތްތަކުގެ އަތުން ވަރަށް އާދަޔާ ޚިލާފު ޚަރަދުތަކެއް ދެއެވެ. އެގޮތުން މިފަދަ ސޮފްޓްވެއަރ ނުވަތަ ވަސީލަތްތައް ގަތުމަށް ދާ ޚަރަދުތައް ހިމެނެއެވެ.
- ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ސަބަބުން އޭގައި ހިމެނޭ ބައެއް ވަޞީލަތްތައް އެކަށޭނަ ގޮތެއްގަިއ ބޭނުންކުރަން ފެށުމަށް ނުވަތަ އެތަކެތި ފުރިހަމަ ގޮތުގައި ވުޖޫދަށް ގެނައުމަށް ފުދޭވަރަކަށް ވަގުތު ނަގައެވެ.
- ހުރިހާ އެންމެންނަކީ ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ވަޞީލަތްތައް މެދުވެރިކޮށް އުނގެނޭ ހިތްވާ ނުވަތަ ކިޔަވާ ހިތްވާ މީހުންނެއް ނޫނެވެ. އަދި އެހެންކަމުން ބައެއް މީހުންނަށް ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ވަޞީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފެއެވެ. 
·        ލާރނިންގ މެނޭޖްމެންޓް ސިސްޓަމްގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރާ ބައެއް ސޮފްޓްވެއަރތައް
'ބްލެކްބޯރޑް ލާރން':
ބްލެކްބޯރޑް ލާރން އަކީ މަތީ ތަޢުލީމީ ދާއިރާގައި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ ސޮފްޓްވެއަރ އެވެ. މަތީތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި މިސޮފްޓްވެއަރގެ މާރކެޓް ހިއްސާ ގާތްގަނޑަކަށް 41 އިންސައްތަ އޮވެއެވެ. މިސޮފްޓްވެއަރ މެދުވެރިކޮށް ކޮށްލެވޭ ބައެއް ކަންތައްތަކަށް ބަލައިލާއިރު ޕްރޮފެސަރުންނާއި މުދައްރިސުންނަށް ތަފާތު އިއުލާނުތައް ވަކި ކޮލަމްންއެއްގައި ޝާއިއު ކުރެވެއެވެ. މީގެ ސަބަބުން ކުދިންނަށް ކޮންމެ ހިސާބެއްގައި ހުރެވެސް މިސޮފްޓްވެއަރ އިންޓަރނެޓް މެދުވެރިކޮށް ހުޅުވައިލުމުން އެއިއުލާންތައް އޮޓޯމެޓިކްއިން ފެނިގެންދެއެވެ. ހަމައެހެންމެ މިސޮފްޓްވެއަރގައި ކިޔަވާ ކުދިން އެކުލާހެއްގެ އެއްކުއްޖަކު އަނެއް ކުއްޖަކާއި އޮންލައިންވެގެން ޗެޓް ކުރުމުގެ މަދު ފަހިވެގެން ދެއެވެ. މީގެ އިތުރުން ޕްރޮފެސަރުންނާއި މުދައްރިސުން ކައިރީގައި ތަފާތު ސުވާލުތައް އަހައިލުމުގެ ފުރުޞަތު ލިބިގެންދެއެވެ. އެއީ މިސޮފްޓްވެއަރގައި ފިލާވަޅާއި ގުޅޭ ޑިސްކަޝަން ކޮލަމްން މެދުވެރިކޮށް އަދި ހަމައެހެންމެ ކިޔަވައިދޭ ތަފާތު ފަރާތްތަކަށް ތަފާތު މެއިލް ކޮށްލުމުގެ ފުރުޞަތު ލިބިގެންދެއެވެ.


'މޫޑްލް':
މަތީ ތަޢުލީމީ ދާއިރާގައި މޫޑްލްގެ މާރކެޓް ހިއްސާ އޮންނަނީ ގާތްގަނޑަކަށް 25 އިންސައްތައިގައެވެ. މޫޑްލް މެދުވެރިކޮށް ކިޔަވާ ދެއްވަވާ މުދައްރިސުންނާއި ޕްރޮފެސަރުންނަށް އަމިއްލަ ވެބްސައިޓް ގާއިމުކޮށްލެވެއެވެ.
  
ލިޔުނީ:
ބަޝީރާ އާދަމް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިންޓީޗިންގ، ބެޗް 4

20 comments:

  1. This comment has been removed by the author.

    ReplyDelete
  2. މާޝާﷲ. މިލިޔުމުގައި ލާރނިންގް މެނޭޖްމެންޓް ސިސްޓަމަކީ ކޮބައިކަން ވަރަށް ތަފުޞީލުކޮށް އޮޅުން ފިލުވައިދީފައިވާކަން ފާހަގަ ކޮށްލަން.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ވަރަށް މަޢުޟޫމާތު ހޯދާފައިވާކަން ފާހަގަކުރެވޭ މިއާރޓިކަލް ކިޔާލުމުން ކުރިން ނޭންގި ހުރި ވަރަށް ގިނަ މަޢުލޫމާތު ތަކެއް ލިބިއްޖެ

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ވަރަށް މަޢުޟޫމާތު ހޯދާފައިވާކަން ފާހަގަކުރެވޭ މިއާރޓިކަލް ކިޔާލުމުން ކުރިން ނޭންގި ހުރި ވަރަށް ގިނަ މަޢުލޫމާތު ތަކެއް ލިބިއްޖެ

    ReplyDelete
  10. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  11. މިއާޓިކަލް ކިޔާލައިފައި ހަމަ ބަސްހުއްޓިއްޖެ. ވަރަށް ފުރިހަމަ. އެތުރުން ވަރަށް ރަނގަޅު. ހުށަހެޅުން ވަރަށް ރީތި.

    ReplyDelete
  12. ބަޝީރާގެ މަސަައްކަތް ވަރަށް ފުރިހަމަ
    ގިނަ މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެ

    ReplyDelete
  13. އެލް އެމް އެސް ގެ ބޭނުން ކުރަން ފެށުމުގެ ކުރިން ވިސްނާލަން ޖެހެނީ ކޮންކަންތައްތަކެއް ކަން ވަރަށް ސާފު ވެއްޖެއެވެ

    ReplyDelete
  14. ލާނިން މެނޭޖުމަންޓަކީ ކޮބާކަމާއި ލާނން މެނޭޖުމަންޓުގެ ފައިދާއާއި ގެއްލުން އޮޅުންފިލާގެން ހިގައްޖެއެވެ.

    ReplyDelete
  15. ލާނިން މެނޭޖުމަންޓަކީ ކޮބާކަމާއި ލާނން މެނޭޖުމަންޓުގެ ފައިދާއާއި ގެއްލުން އޮޅުންފިލާގެން ހިގައްޖެއެވެ.

    ReplyDelete
  16. ލާނިންގް މެނޭޖްމެންޓާއި ބެހޭ ވަރަށް ރަނގަޅު މައުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ ލިޔުން ވަރަށް ފުރިހަމަ

    ReplyDelete
  17. ލާނިންގް މެނޭޖްމެންޓާއި ބެހޭ ވަރަށް ރަނގަޅު މައުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ ލިޔުން ވަރަށް ފުރިހަމަ

    ReplyDelete
  18. އޮއްޓަރު ރަނގަޅު ލިޔުމެއް.

    ReplyDelete
  19. ބަޝީރާ މިސްގެ މިލިޔުއްވުމަކީ އަންނަނިވި ޖީލުތަކުގެ އިޙުސާސް ތައް ދެނެހުރެ، ދުރާލާ ވިސްނަވައިގެން ލިޔުއްވާފައިވާ ލިޔުމެއް ކަން އެނގެއެވެ.

    ReplyDelete