Monday, November 16, 2015

Modern Classroom Technology



ޒަމާނީ ސްކޫލް ކުލާސްރޫމް  ޓެކްނޮލޮޖީ
ފާތިމަތު އަޤުލީމާ


ޓެކްނޮލޮޖީ އަކީ ކަންކަން ކުރުމުގައި އިތުރު ފަސޭހައަކަށް އިންސާނުން ބޭނުން ކުރާ ހަތިޔާރެކެވެ.
ކުރީޒަމާނުގައި އެތަކެއް އުދަގުލަކާއި ބުރަތަކެއް އުފުލައިގެން ކުރަމުންއައި މަސައްކަތް މިއަދުގެ ޒަމާނީ ވަޞީލަތްތައް ތަޢާރަފުވުމާއި ގުޅިގެން ވަނީ އެތައްގުނައަކަށް ފަސޭހަވެފައެވެ. ނަތީޖާ އެއްގެ ގޮތުން އެކަންކަމަށް ހޭދަކުރެވޭ ހަކަތަ އާއި ވަގުތު މިވަނީ ވަރަށް ބޮޑުތަން ސަލާމަތް ކުރެވިފައެވެ.ޓެކްނޮލޮޖީގެ ތަފާތު މަރުހަލާތަކެއް އަބަދުވެސް ހިނގަމުން ދެއެވެ. އެގޮތުން ތަފާތު މަރުހަލާ ތަކެއް ކަނޑަތު ކޮށްފައިވާ ޓެކްނޮލޮޖީގެ ތަފާތު މަރުހަލާތަކުގެ ތެރެއިން އަޅުގަނޑު މިބަލާލަނީ ޒަމާނީ ސުކޫލު ކުލާސްރޫމް ޓެކްނޮލޮޖީއަށެވެ. އަދި ހަމަ އެހެންމެ ޒަމާނީ ސްކޫލު ނުވަތަަކުލާސްރޫމްޓެކޮނޮލޮޖީ އަކީ ކޮބާކަމާއި . ޒަމާނީސްކޫލުގައި ނުވަތަ ކުލާސްރޫމުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ބާވަތްތަކަށާއި، ޒަމާނީ ޓެކްނޮލޮޖީގެ ފައިދާތަކުގެމައްޗަށެވެ.އަޅުގަނޑު އުންމީދު ކުރަނީ މިލިޔުމުގެ އެހީގައި ޒަމާނީ ކުލާސްރޯމް ޓެކްނޮލޮޖީއަށް މިހާރަށް ވުރ ބޮޑަށް އަހުލުވެރިވުމެވެ.

ޒަމާނީ ސްކޫލު ނުވަތަ ކުލާސްރޫމްޓެކޮނޮލޮޖީ އަކީ ކޮބާ؟


ޒަމާނީ ސުކޫލު ކުލާސްރޫމު ޓެކްނޮލޮޖީ އަކީ އެއެއްޗެއްގެ ސަބަބުން ކުލާސްރޫމުގެ ހިންގޭ އެއްމެހައި ހަރަކާތް ތަކަށް ،އެބަހީ އުނގެނުމާއި އުނގަންނައި ދިނުމަށް ފަސޭހަ ތަކެއް ލިބިގެންދާ އެންމެހައި ވަޞީލަތްތަކެވެ.  އަދި ހަމަ އެހެންމެ ކިޔަވައިދޭ ކުލާސްރޫމު  ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅުވާލަދޭ ވަޞީލަތެއްވެސްމެއެވެ. ޓެކްނޮލޮޖީވަނީ ހިނދުން ހިނދަށް ދުނިޔޭގައި ހިންގާ ކަންތައްތަކަށް ބަދަލު ގެނެސްފައެވެ.  ކަމުގެ މާހިރުން ވިދާޅުވެފައިވާ ގޮތުގައި ޓެކޮނޮލޮޖީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ ސަބަބުން އެ ދަރިވަރުންނަށް ލަނޑުދަނޑި ޙާޞިލް ކުރުމަށް ފަސޭހަވެގެންދެއެވެ.


ޒަމާނީސްކޫލުގައި ނުވަތަ ކުލާސްރޫމުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ބާވަތްތަކަކީ ކޮބާ؟



އަޅުގަނޑުމެން ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު މިއަދު މިހިރަ ޓެކްނޮލޮޖީގެ ވަސިލަތްތައްލިބޭކަންނުހުރެއެވެ. އެދުވަސް ވަރުގައި ބޭނުންކުރެވުނީ ޗޯކުބޯޑާއި ފޮތް ފަންސޫރެވެ. ކިޔަވައިދިނުމަށް ބޭނުންކުރާނެ މާގިނަ ވަޞީލަތް ތަކެއް އޭރަކުނުހުރެއެވެ. އެއީ އަޅުގަނޑުމެން މި ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ވާން އުނދަގޫ އެއްސަބަބު ކަމުގައިވެސް ވެދާނެއެވެ. މިއާއި ޚިލާފަށް މިހާރުގެ ކުދިންނަކީ ޒަމާނީ ޓެކްނޮލޮޖީތަކަށް ލޯހުޅުވިފައިވާ ފަސޭހައިން މި ޓެކްނޮލޮޖީތަކަށް އަހުލުވެރިވާ ބައެއްކަން އަޅުގަނޑުމެން އެންމެންވެސް ގަބޫލު ކުރަމެވެ. މިކަމުގެ ފަހަތުގައި ސަބަބެއް ނެތިއެއްނުގާނެކަން ކަށަވަރެވެ. ސަބަބެއްކަމަށް އަޅުގަނޑުމެން އެންމެންވެސް އެއްބަސްވާ އެންމެބޮޑު އެއްކަމަކީ އެކުދިންދާ ސުކޫލުތަކުގެ ކުލާސްރޫމް ތެރެއިން މި ޢިލްމު އެކުދިންނަށް ފޯރުކޮށްދެވޭތީވެ ކަން ކަށަވަރެވެ. ހަމައެއާއި އެކު މިތަކެތި މިއަދު މިވަނީ ދަރިވަރުން އަތްފޯރާފަށަށް އައިސްފައެވެ. ދަރިވަރުން އެންމެ ތުއްތު އިތު ޕްރީސްކޫލުތަކުން ފެށިގެން ކޮންޕިއުޓަރަށްއަހުލުވެރި ކުރުމަށްޓަކައި އެކަމުގެ ކުލާސްތައް ހިންގެއެވެ. އެކަމުގެ ފައިދާ އާއި މަންފާވެސް ފެންނަމުންދެއެވެ.
މޮޑާންކުލާސްރޫމެއްގައި ބޭނުންކުރާނެ ބައެއް އާލާތްތައް

އެގޮތުން މިހާރުގެ މޮޑާންކުލާސްރޫމެއްގައި ބޭނުންކުރާނެ ބައެއް އާލާތްތައް ބަލާލާއިރު

Ø     ކޮމްޕިއުޓަރ ސިސްޓަމް 
Ø     ލެޕްޓޮޕް
Ø     ޓެބްލެޓް  
Ø     އިންޓަނެޓް ވައިފައި
Ø     ސްމާރޓްބޯޑް
Ø     ސައުންޑްސިސްޓަމް
Ø     އެއާކޮންޑިޝަން
Ø     ޕްރޮޖެކްޓާ
ނުވަތަ މިނޫނަސް އުނގެނުމުގެ ތަޖުރިބާ ދަރިވަރަށް ގެނެސްދޭނެފަދަ  ޓެކްނޮލޮޖީގެ ވަސިލައްތައް މަދު މަދުން ނަމަވެސް ބޭނުން ކުރެވެއެވެ.  


ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުބް ލިބޭނެ ފައިދާ ތަކަކީކޮބާ؟


ކުލާސްރޫމުގެ ކިޔަވައިދިނުމުގައި   ޓެކްނޮލޮޖީ ބޭނުންކުރުމުން ޓީޗަރުންގެ މަސައްކަތް ތަކަށްވެސް ވަރަށް ބޮޑު ފަސޭހަތަކަކާއި ފައިދާ ތަކެއް ލިބިގެން ދެއެވެ. ޓެކްނޮލޮޖީއަށް ބޮޑަށް އަހުލުވެރިވި ވަރަކަށް ޓީޗަރުން މަސައްކަތުގައި އުޅެންޖެހޭ ވަގުތުގެ ވަރަށް ބޮޑުތަން ސަލާމަތް ކުރެވެއެވެ. މިސާލަކަށް ދަރިވަރުންގެ މާރކްސް އިލެކްޓޯނިންގ ގްރޭޑް  ފޮތަށް އެންޓަރ ކޮށް ތަފާތު ހިސާބުކޮށްލުން، އަތުން ކަރުދާހުގައި ލިޔެގެން އެކަން ކުރުމަށްވުރެ އަވަސްވެފައި ރީތިވެސް ވާނެއެވެ. ހަމަ އެހެންމެ ދަރިވަރުންނަށް ދޭން ބޭނުންވާ މައުލޫމާތު ހޯދުމަށްވެސް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ފަސޭހަ ކަމާއިއެކު ދުނިޔޭގެ ކަންކޮޅުތަކުގައި ކަންކުރާ ގޮތުގެ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯވެސް ވަރަށް ފުރިހަމައަށް ގެނެސްދެވޭނެެއެވެ.  މިގޮތަށް ފިލާވަޅު ގެންދިއުމުން ލިބޭ ފައިދާއަކީ، ދަރިވަރުންނަށް އިތުރުތަޖުރިބާ ތަކެއްލިބުމެވެ. އެހެންކަމުން  މިއަދުގެ ކުލާސްރޫމު ތަކުގައި    ޓެކްނޮލޮޖީ ހުރުމަކީ މަޖުބޫރު ކަމެއް ކަމުގައި ވަރަށް ގިނަ ތަޖުރިބާ ކާރުން ދެކެލައްވައެވެ. ޒަމާނީޓެކްނޮލޮޖީގެ ސަބަބުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ފިލާވަޅު ގެންދިއުމަށް ފަސޭހަވެއެވެ. އަދި ހަމަ ދަރިވަރު އަމިއްލައަށްވެސް މައުލޫމާތު ހޯދާ ދެނެގަންނާނެ ގޮތް އެނގިގެންދެއެވެ. ކެލިފޯނިޔާ ޔުނިވަރސިޓީގެ ސެމަލް އިންސިޓިއުޓް ފޮރ ނިއުރޯސް އެންޑް ހިއުމަން ބިހޭވިއަރ އިން ކުރި ދިރާސާއިން ދައްކާގޮތުން މިހާރުގެ ކުދިނާވެބްޕޭޖްތައް ހުޅުވައި އެއްޕޭޖަށް އަނެއް ޕޭޖަށް ޙަރަކާތްކުރާ މިންވަރު ފޮތެއް ކިޔާއިރު ޙަރަކާތް ކުރާ މިންވަރަށްވުރެ ބޮޑެވެ. (ހާތާރ،2001). އަދި ހަމަ އެހެންމެ ޕްރެވުސްކީ (2001) ފާހަގަ ކުރާގޮތުން "މިހާރުގެ ކުދިން ބޭނުންވަނީ އަވަހަށް، އެއްފަހަރާ ގިނަ މަސައްކަތްކުރެވޭ، މަންޒަރު ބަލާލެވޭ، ޙަރަކާތްތެރި، ގުޅިފައިވާ، މަޖާ، ޚިޔާލީ، އަވަހަށް ނަތީޖާ ލިބޭ މާނައެއް ދޭހަވާ އުނގެނުމަށެވެ.
ދަރިވަރުންގެ ކިޔެވުމުގައި އިތުރަށް ޝައުޤުވެރި ވުމާއި އެކު ބައިވެރިވުން ބޮޑުވެއެވެ. ކަންމިހެން ހުރިއިރު މިއަދުގެ ތަޢުލީމީ ނިޒާމުގައި  ޓެކްނޮލޮޖީއަކީ އެއާއި ނުލައި ކުރިޔަށް ގެންދެވޭނެ ނިޒާމެއް ނޫނެވެ. ޓެކްނޮލޮޖީގެ ހެޔޮގޮތުގައި ފޯރުކޮށްދެވި ބޭނުން ކުރެވިއްޖެނަމަ، ނުހަނުގިނަ ފައިދާތަކެއް ދަރިވަރުންގެ އެނގެނުމަށް ކުރެއެވެ. މިފުރުޞަތުގައި އަޅުގަނޑު އެދެނީ ޓީޗަރުން ޒަމާނީ ޓެކްނޮލޮޖީ އަށް ހޭލުންތެރިވެ، އަދި ދަރިވަރުންނަށް ދެވޭ ފިލާވަޅުތަކުގައި ޓެކްނޮލޮޖީ ހިމަނައިގެން ނެދިއުމެވެ. އަޅުގަނޑު އުންމީދު ކުރަނީ މިލިޔުމުގެ އެހީގައި ޒަމާނީ ކުލާސްރޯމް ޓެކްނޮލޮޖީއަށް މިހާރަށް ވުރ ބޮޑަށް އަހުލުވެރިވުމެވެ.

މިއަދުގެ ދަރިވަރުންނާއި ޓެކްނޮލޮޖީ އާއި މެދު އޮންނަ ގުޅުން

މިއަދުގެ ދަރިވަރުންނަކީ މީގެ ކުރިން ތަޢުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ބަޔަކު ދެކިފައިވާ ބައެއްނޫނެވެ. މިޖީލުގެ ދަރިވަރުންނަށް ގިނައިން މުޚާޠަބު ކުރެވެނީ "ޑިޖިޓަލް ނޭޓިވުސް" ނުވަތަ "ނެޓް ޖެނެރޭޝަން" ފަދަ ބަސްތަކަކުންނެވެ. ސަބަބަކީ އެމީހުން ބޮޑެތި ވެފައިވަނީ ޓެކްނޮލޮޖީއާއި އެކީ ކަމަށް ވާތީއެވެ. އެކުދިންނަކީ ކޮމްޕިއުޓަރ ގޭމްކުޅުމަށް ކުޅަދާނަ ބައެކެވެ. ފޭސްބުކާއި ޓްވިޓަރގައި ހުނަރުވެރިންނެވެ. މިނިޓެއެއްގެ ތެރޭގައި ޓައިޕްކޮށްލެވޭ ވަރަށްވުރެ ގިނަބަސްތައް ޓެކުސްޓް މެސެޖަކުން ފޮނުވާލައެވެ. އެމެރިކާގައި ކުރި ދިރާސާއެއްގައި (ޑެސްފް.2010) ވާގޮތުން 8 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން އެވްރެޖުކޮށް 7.38 އާންމުކޮށް ކޮންމެ ދުވަހަކު ފޫހި ފިލުވާލުމަށް މީޑިއާގައި ހޭދަކުރެއެވެ. ދަރިވަރުންގެ ދިރިއުޅުމުގެ ތެރެއަށް ޓެކްނޮލޮޖީ ވަކި ހިއްޕާލާއިވާ މިންވަރަށް ބަލާއިރު މިއަދުގެ ދަރިވަރުންނަކީ ކުރިއާއި އަޅާ ބަލާއިރު ތަފާތު ބައެކެވެ. ޓެކްނޮލޮޖީ ވަނީ އެކުދިން ވިސްނާގޮތަށާއި ދަސްކުރާގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދީފައިކަން ކަށަވަރެވެ.



ޒަމާނީ ކުލާސްރޫމްޓެކަނޮލޮޖީ ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތައް



§        ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކަކީ ނުހަނު އަގުބޮޑު ތަކެތިކަމުން އެތަކެތި ބަލަހައްޓާ މެއިންޓެނަސް ކުރަންޖެހޭ ވަރަށް ނުކުރެވުގެ ސަބަބުން ، އެތަކެއްޗައްތަފާތު މައްސަލަތަކާއި ދިމާވެ އަވަހަށް ހަލާކުވެއެވެ. ވީމާ މިތަކެތި ހަލާކު ވިޔަ ނުދީ ގިނަދުވަސްތަކަކަށް ބެހެއެޓޭނެ ގޮތެއް ހެދުމަކީވެސް ސްކޫލު މެނޭޖްމެންޓާއި ޓީޗަރުން އަދި އުނގެނޭ ދަރިވަރުންވެސް ބޭނުންވާނެ ގޮތެއް ކަމާއިމެދު ޝައްކެއްނެތެވެ.ވީ މިތަކެތިކަމުން އެތަކެތި ބަލަހައްޓާ މެއިންޓެނަސް ކުރަންޖެހޭ ވަރަށް ނުކުރެވުގެ ސަބަބުން ، އެތަކެއްޗައްތަފާތު މައްސަލަތަކާއި ދިމާވެ އަވަހަށް ހަލާކުވެއެވެ. 
§        ކްލާސްރޫމުގައި  ޓެކްނޮލޮޖީ ބޭނުންކުރުމަށް ދަރިވަރުން އަހުލުވެރި ކުރާއިރު އެކަމަށް ކުޅަދާނަ ،ކަމުގެ ހުނަރު ލިބިގެންތިބިފައިތިބި ޓީޗަރުން ހޯދުމަކީވެސް އެހާމެ މުހިންމުކަމެކެވެ. އެހެންނޫނީ ކުދިންގެ ކުރިމަތީ ޓީޗަރަށް ހެދޭ ގޯހެއްގެ ސަބަބުން ދުވަހުގެ ފިލާވަޅު ކުރިއަށްނުގެންދެވުމަކީވެސް ވެދާނެ ކަމެކެވެ.އެހެނީ މި ދަރިވަރުންނަކީ ޓެކްނޮލޮޖީއަށް ނުލާހިކު ހުށިޔާރު ދަރިވަރުން ކަމުގައިވެފައި އެކުދިންގެ ކުރިމަތީގައި ޓީޗަރަށް ޓެކްނޮލޮޖީ ބޭނުން ކުރުމުގައި ހެދިދާނެ ލަދުވެތިކަމަކުންސަލާމަތްވުމަށްޓަކައި ދުރާލާ ޓީޗަރު މިކަމަށް ތައްޔާރުވާންޖެހެއެވެ.
§        ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކަކީ ނުހަނު އަގުބޮޑު ތަކެތިކަމުން އެތަކެތި ބަލަހްއްޓާ މެއިންޓެނަސް ކުރަންޖެހޭ ވަރަށް ނުކުރެވުގެ ސަބަބުން ، އެތަކެއްޗައްތަފާތު މައްސަލަތަކާއި ދިމާވެ އަވަހަށް ހަލާކުވެއެވެ.
§        މިތަކެއްޗަކީ ނުހަނު އަގުބޮޑުތަކެއްޗައްވުމުން މުޅި ސުކޫލުގެ ހުރިހާ ކުދިން ބޭނުން ކުރުމަށް މިފަދަތަކެތި ހޯދުމަށް ދަތިވެއެވެ.
§        މިފަދަ އަގުބޮޑުތަކެއްޗަކީ ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭ ތަކެތި ކަމުން ސެކިޔުރެޓީއަކީ ވަރަށް މުހިންމު އެއްޗެކެވެ. އެކަށީގެންވާ ގޮތެއްގައި ބަލަހަށްޓަންޖެހެއެވެ.



     ޒަމާނީ ކުލާސްރޫމްޓެކަނޮލޮޖީ ބޭނުންކުރުމުގައި ވިސްނަންވީ ބައެއް ކަންތައްތައްް



v    ބޭނުންކުރާ ވަޞީލަތަކަށް ޓީޗަރު އަހުލުވެރި ވެފައި ހުންނަން ޖެހެއެވެ.
v    އެ ވަޞީލަތަކީ އެއްފަހަރާ ހުރިހާ ކުދިންނަށް ބޭނުންކުރެވޭ ވަޞީލަތެއް ނޫންނަމަ ފުރުޞަތު ދިނުމުގައި ހަމަހަމަ އުޞޫލެއް ގެންގުޅުން
v    އެ ވަޞީލަތެއް ބޭނުންކޮށް ގެން  އެކަށީގެންވާ ފައިދާއެއް ނެރެވޭ ފަދަ ގޮތަކަށް އޭގެ ބޭނުން ހިފުން
v    ރަނގަޅު ފެންވަރުގައި އިންޓަނެޓް   ލިބެންހުރުން
v    ދަރިވަރުންގެ އުމުރާގުޅޭގޮތުން ވަޞީލަތް ތަކުގެ ބޭނުން ހިފުން
v    ފިލާވަޅާއި އެންމެ އެކަށީގެންވާ އާލާތް ބޭނުންކުރުމަށް އިސްކަންދިނުން
v    ޒަމާނީ ކުލާސްރޫމް ތެކްނޮލޮޖީ ބޭނުންކުރުމަށް އެކަށޭނަ ގޮތަކަށް ކުލާސްރޫމް ރާވާފައިވުން
v    ދަރިވަރުންގެ ބަހުގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން ، އެހެނީ މިފަދަ ވަޞީލަތްތައް ބޭނުންބުރުމުގައި ، މުއާމަލާތްކުރުމަށް ބަހަކީ ވަރަށް މުހިންމު އެއްޗެކެވެ.
                     

އަޅުގަނޑު އުންމީދުކުރަނީ މިލިޔުމުުގެ އަލީގައި ޒަމާނީ ސުކޫލް ކުލާސްރޫމަކާއި ބެހޭ މުހިންމު މައުލޫމާތުތަކެއް ކިޔުންތެރިންނަށް ލިބިގެންދިއުމެވެ. 


13 comments:

  1. މިއަދުގެ ދަރިންނަކީ މީގެ ކުރިން ތައުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ބަޔަކު ދެކިފައިވާބައެއްނޫނެވެ" މިޖުމްލައެއް އެހާ ހަމައެއް ނުޖެހެއެވެ. ނަމަވެސް މައުލޫއާ ގުޅޭ މުހިއްމު މައުލޫމާތު ހުރިކަން ފާހަގަކުރަމެވެ.

    ReplyDelete
  2. ޒަމާނީ ކުލާސްރޫމެއްގައި ކިޔަވާ ދެވިދާނެ ގޮތްތަކަކީ ކޮބާކަމާ އަދި ޓެކްނޮލޮގީގޮތުން މިފަފަ ކުލާހެއްގައި ކިޔަވާވދިނުމުން ލިބޭ ގެއްލިމާއި ފައިދާ މިއާޓިކަލްއުން ރަނގަޅަށް ބުނެދީފައިވޭ

    ReplyDelete
  3. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  4. ޒަމާނީ ސްކޫލް ކްލާސްރޫމު ޓެކްނޮލޮޖީ ވަރަށް ރަނގަޅަށް ކިޔައިދީފައިވެއެވެ. އަދިޒަމާނީ ޓެކްނޮލޮޖީގެ ސަބަބުބް ލިބޭނެ ފައިދާ ތައް ގެނެސްދިފަިވާގޮތް ވަރަށް ފުރިހަމައެވެ.

    ReplyDelete
  5. މިހާރު ކްލާސްރޫމްތަކުގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމަށް މިއާޓިކަލްގެ އެހީތެރިކަން ވ ބޮޑަށް ލިބިގެން ހިނގައްޖެ،..

    ReplyDelete
  6. ކުލާސްރޫމަކަށް ޒަމާނީ ޓެކްނޮލޮޖީއެއް ހޯދުމުގެ ކުރިން ވިސްނާނެ ވަރަށް ގިނަ ކަންތައްތަކެއް މިލިޔުމުން އެނގިގެންދެއެވެ. އަދި ކުލާސްރޫމްގައި އެފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމުން ލިބޭ ފައިދާތައްވެސް އެނގެއެވެ.

    ReplyDelete
  7. ޒަމާނީ ސްކޫލް / ކުލާސްރޫމް ޓެކްނޮލޮޖީގެ ޓޮޕިކެއްގައި، ޒަމާނީ ސްކޫލެއްގައި ބޭނުންކުރާބައެއް ވަޞީލަތްތައް ތަފްޞީލް ކޮއްލިނަމަ ވަރަށް ރަނގަޅުވީސްކަމުގައި ދެކެން. އަދި ހަމަނުޖެހޭ ބައެއް ޖުމްލަ ހުރިކަން ފާހަގަކުރަން. މިސާލަކަށް:. "މިނިޓެއެއްގެ ތެރޭގައި ޓައިޕްކޮށްލެވޭ ވަރަށްވުރެ ގިނަބަސްތައް ޓެކުސްޓް މެސެޖަކުން ފޮނުވާލައެވެ."
    އަދި، "އެމެރިކާގައި ކުރި ދިރާސާއެއްގައި (ޑެސްފް.2010) ވާގޮތުން 8 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން އެވްރެޖުކޮށް 7.38 އާންމުކޮށް ކޮންމެ ދުވަހަކު ފޫހި ފިލުވާލުމަށް މީޑިއާގައި ހޭދަކުރެއެވެ."
    ފަހަރެއްގައި މިޖުމްލަ ތަކުގައި ބުނާ އެއްޗެއް އަޅުގަނޑަށް ފަހުމް ނުވަނީ ކަމަށްވެސް ވެދާނެ.

    ReplyDelete
  8. ޒަމާނީ ސްކޫލާ ގުޅޭ ވަރަށް މުއްސަދި އާޓިކަލެއް

    ReplyDelete
  9. ޒަމާނީ ސްކޫލާ ގުޅޭ ވަރަށް މުއްސަދި އާޓިކަލެއް

    ReplyDelete
  10. ހުށަހެޅުން ވެސް، ލިޔުން ވެސް ރަނގަޅު.

    ReplyDelete
  11. ވަރަށްފުރިހަމަ ލިޔުމެއް

    ReplyDelete
  12. ވަރަށްފުރިހަމަ ލިޔުމެއް

    ReplyDelete
  13. އަގުލީމާ މިސްގެ މިލިޔުމަކީ މިފަދަ މަޢުލޫމާތު ބޭނުންވާ ބޭފުޅުންނަށް އަގުހުރި ލިޔުމަކަށް ވާނެކަމާމެދު އެއްވެސް ޝައްކެއްނެތް

    ReplyDelete